ޕީކް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ސްޓެލްކޯއިން މާލޭގައި 1500 ކޭވީއޭގެ ޓްރާންސްފޯމަރެއް ބަހައްޓައިފިއެވެ.
ސްޓެލްކޯއިން ރޭ ބުނީ ކަރަންޓުގެ ޚިދުމަތުގެ ދެމެހެއްޓެނިވިކަން އިތުރަށް ކަށަވަރުކުރުމަށާއި މާލޭގައި މަތިވަމުންދާ ޑިމާންޑާއި އެއްވަރަށް ޚިދުމަތް ފޯރުކޮށްދިނުމަށް އެކުންފުނިން މެދުނުކެނޑި މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
އެގޮތުން ސްޓެލްކޯގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން ކުރިޔަށްއޮތް ޕީކް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ޚާއްސަ މަސައްކަތްތަކެއް ފަށާފައިވާކަން ސްޓެލްކޯއިން ހާމަކޮށްފައިވެއެވެ
“މަޖީދީމަގާއި ސޯސަންމަގު ގުޅޭ ކަންމަތީގައި ގާއިމްކޮށްފައިވާ ސަބްސްޓޭޝަނުގެ ކެޕޭސިޓީ އިތުުރުކުމަށް، އެތަނުގައި ބަހައްޓާފައި ހުރި 630 ކޭވީއޭގެ ޓްރާންސްފޯމަރެއް އެތަނުން ނަގައި، 1500 ކޭވީއޭގެ ޓްރާންސްފޯމަރެއް މިހާރު ވަނީ އެތަނުގައި ބެހެއްޓެފައި.” ސްޓެލްކޯއިން މަޢުލޫމާޓު ދީފައިވެއެވެ.
ސްޓެލްކޯއިން ބުނީ މީގެ އިތުރުންވެސް މާލޭގެ ކަރަންޓުގެ ޑިމާންޑާއި އެއްވަރަށް ކޭޓަރ ކުރުމަށާއި ޑިސްޓްރިބިއުޝަން ވިއުގައިގެ ކެޕޭސިޓިީ އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް މިއަހަރުގެތެރޭ ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ޕީކް ސީޒަންގައި މާލޭގައި ކަރަންޓު ބިލުތައް ބޮޑުވަމުން ދާތީ ސްޓެލްކޯއިން މީގެ ކުރިން ވަނީ ކަރަންޓު ބިލު ބޮޑު ގެތަކަށް ސްޓެލްކޯގެ ޓީމުތައް ފޮނުވައިގެން ބިލު ބޮޑުވާ ސަބަބު ދެނެގަތުމުގެ މަސައްކަތްވެސް ކުރިޔަށް ގެންގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު