ލޭ ހަދިޔާ ކުރަނީ
ލޭ ހަދިޔާ ކުރަނީ
އަންނަ އަހަރު ސަރުކާރުގެ ޚަރަދުގައި ބޯންމެރޯ ހަދާ ކުދިންގެ ހެލްތު ސްކްރީން ފަށައިފިއެވެ.

ބޯންމެރޯ ޓްރާންސްޕްލާންޓު ހެދުމަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެނީ ޒަކާތު ފަންޑުންނެވެ. ސަރުކާރުން ނިންމާފައިވަނީ ކޮންމެ އަހަރަކުވެސް ދައުލަތުގެ ޚަރަދުގައި ދިހަ ކުއްޖަކަށް ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމުގެ ފުރުސަތު ފަހިކޮށްދިނުމަށެވެ.

ތެލެސީމިއާ މާސްޓަ ޕްލޭން އިފުތިތާހު ކުރުމަށް މިދިޔަ ހަފްތާގައި ބޭއްވި ރަސްމިއްޔާތެއްގައި ސިއްޙަތާބެހޭ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ މިހާރުވެސް 40 ކުދިން ބޯންމެރޯ ހެދުމަށް ލިސްޓް ކުރެވިފައިވާ ކަމަށެވެ.

އަދި މިހާތަނަށް 14 ކުދިން ބޯންމެރޯ ހެދުމަށް ފޮނުވާފައިވާ ކަމަށާއި އަންނަ އަހަރަށް ބޯންމެރޯ ހަދާ ކުދިންގެ ހެލްތު ސްކްރީން މިހާރު ފަށާފައިވާ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

މި ސަރުކާރުގައި އެންމެ ފުރަތަމަ ބޯންމެރޯ ޓްރާންސްޕްލާންޓް ހަދަން ކުއްޖަކު ފުރީ ނިމިދިޔަ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 14ވަނަ ދުވަހެވެ.

ސަރުކާރުން މިހާރުވަނީ ތެލަސީމިއާ ފަރުވާއަށް ބޭނުންވާ ބޭހާއި އެހެނިހެން އާލާތްތައް އެސްޓީއޯ މެދުވެރިކޮށް އާސަންދައިގެ ތެރެއިން ލިބޭނެ އިންތިޒާމްވެސް ހަމަޖައްސާފައެވެ.

ތެލެސީމީއާ ބަލީގެ 659 ކުދިން މިހާރުވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުން ފަރުވާ ހޯދަަމުން ދާއިރު، އޭގެ ތެރެއިން 300 ކުދިންނަކީ މާލޭގައި ދިރިއުޅެމުން ފަރުވާ ހޯދަމުން ގެންދާ ކުދިން ކަމަށް ހެލްތު މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

ސަރުކާރުގެ އެހީގައި ހިލޭ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް މަގުފަހިކޮށްދިނުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. އޭގެ އިތުރުން ރާއްޖޭގައި ތެލެސީމިއާއަށް ޚާއްސަ ހޮސްޕިޓަލެއް ގާއިމްކުރުމަަށް މިސަރުކާރުން ވަނީ ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން