ރާއްޖެ އެތެރެކުރަން އުޅުނު 2.05 ކިލޯގެ މަސްތުވާތަކެތި ކަސްޓަމުން އަތުލައިގެންފިއެވެ.
މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން މިއަދު ބުނީ ރާއްޖެ އެތެރެކުރަން އުޅުނު 2.05 ކިލޯގެ ހިރޮއިން އަތުލައިގެންފައިވާ ކަމަށެވެ. މި މަސްތުވާތަކެތި އަތުލައިގަނެފައިވަނީ މި މަހުގެ 15 ވަނަ ދުވަހު މެލޭޝިއާއިން ރާއްޖެ އައި ފްލައިޓަކުން ކަމަށް ކަސްޓަމްސުން މަޢުލޫމާތުދީފައިވެއެވެ.
އަތުލައިގަނެވުނު މަސްތުވާތަކެތީގެ މަގުމަތީ އަގު ދެ މިލިއަން ފަންސާސް ހާސް ދިވެހި ރުފިޔާއަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށް ކަސްޓަމްސްއިން ބުނެފައިވެ އެވެ.
މި މައްސަލައިގައި ހައްޔަރުކުރި ދެ ފަސިންޖަރުންނަކީ 41 އަހަރުގެ ފިރިހެނަކާއި 38 އަހަރުގެ އަންހެނެކެވެ. އަދި މައްސަލަ އިތުރަށް ތަޙްޤީޤްކުރުމަށްޓަކައި، އަތުލައިގަނެވުނު މަސްތުވާތަކެއްޗާއި ދެ ފަސިންޖަރުން މިހާރު ވަނީ ދިވެހި ފުލުހުންގެ ޚިދުމަތާ ޙަވާލުކުރެވިފައި ކަމަށްވެސް ކަސްޓަމްސުން ބުނެއެވެ.
މިދިޔަ މަހުވެސް ރާއްޖެ އެތެރެކުރަން އުޅުނު 3.588 ކިލޯގެ މަސްތުވާތަކެތި ކަސްޓަމުން އަތުލައިގެންފައިވެއެވެ.

ރާއްޖެއެތެރެކުރަން އުޅުނު 2.05 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި.
— Maldives Customs Service (@CustomsMv) October 19, 2024
🔹ބާވަތް: ހެރޮއިން
🔹ޖުމްލަ ބަރުދަން: 2.05 ކިލޯގްރާމް
🔹ތާރީޚް: 15 އޮކްޓޯބަރު 2024@HomeMinistrymv @CG_Customsmv pic.twitter.com/PAPhzBjEzd
މި މައްސަލައިގައި ހައްޔަރުކުރި ދެ ފަސިންޖަރުންނަކީ 41 އަހަރުގެ ފިރިހެނަކާއި 38 އަހަރުގެ އަންހެނެކެވެ. އަދި މައްސަލަ އިތުރަށް ތަޙްޤީޤްކުރުމަށްޓަކައި، އަތުލައިގަނެވުނު މަސްތުވާތަކެއްޗާއި ދެ ފަސިންޖަރުން މިހާރު ވަނީ ދިވެހި ފުލުހުންގެ ޚިދުމަތާ ޙަވާލުކުރެވިފައި ކަމަށްވެސް ކަސްޓަމްސުން ބުނެއެވެ.
މިދިޔަ މަހުވެސް ރާއްޖެ އެތެރެކުރަން އުޅުނު 3.588 ކިލޯގެ މަސްތުވާތަކެތި ކަސްޓަމުން އަތުލައިގެންފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު