ވައްކަން ކުރަން އުޅެނިކޮށް ހިފެހެއްޓި މީހަކު ފުރާޅުން ޓިނު ރަނގަޅުކުރަނީކަމަށް ބުނެފި އެވެ.

ކްރިމިނަލް ކޯޓުން ރޭ ނެރުނު ބަންދު އަމުރުގައިވާ ގޮތުން އެ މައްސަލައިގައި ހައްޔަރުކުރީ ހއ. ހޯރަފުށީ/ބަގީޗާގޭ، އަލީ ވިސާމް (39އ.) އެވެ.

ބަންދު އަމުރުގައިވާ ގޮތުން އޭނާގެ ކުށުގެ ރެކޯޑް ވަރަށް ގިނަ އެވެ.

އެެގޮތުން 24 ފަހަރު ހައްޔަރުކޮށް 15 ފަހަރު ބަންދު ޖަހާފައިވާ ކަމަށް އަމުރުގައި ބުނެފައި ވެއެވެ.

އޭނާ މި ފަހަރު ހައްޔަރުކުރީ ގެއަަކަށް ވަދެ ވައްކަން ކުރަން އުޅެނިކޮށެވެ. ނަމަވެސް އޭނާ ބަޔަކު ހިފަހައްޓާ ފުލުހުންނާ ހަވާލުކުރި އެވެ.

އޭނާ ހިފެހެއްޓި މީހުން ސުވާލުކުރުމުން ފުރާޅުގެ ޓިނު ރަނގަޅުކުރުމުން އުޅުނީ ކަމަށްބުނި އިރު ފުލުހުން ސުވާލުކުރުމުން ދެއްކީ އެހެން ބަހަނާއެއް ކަމަށް ބަންދު އަމުރުގައި ބުނެފައި ވެއެވެ.

އެގޮތުން ފުރާޅު މައްޗަށް ފޯނު ވެއްޓުނީ ކަަމަށް ވިސާމް ފުލުހުން ކައިރީގައި ބުނެފައި ވެއެވެ.

އެ މައްސަލައިގައި އޭނާގެ ބަންދަށް 15 ދުވަސް ވަނީ ޖަހައިދީފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން