ވައިގެ މަގުން ތައިލެންޑްގެ ބެންކޮކުން ދެ ކިލޯއެއްހާ ޑްރަގު އެތެރެކުރި ދިވެހި މީހާގެ ބަންދުގެ މުއްދަތު ޖަހައިފި އެވެ.
މިދިޔަ ހޮނިހިރު ދުވަހު ރާއްޖެ އައި 33 އަހަރުގެ މި ދިވެހި މީހާގެ އަތުން އަތުލަައިގަތް މަސްތުވާތަކެތީގެ މަގުމަތީގެ އަގު 3.3 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ކަސްޓަމުން ބުނެފައި ވެއެވެ.
އޭނާ ގެނެސްފައިވަނީ 1.86 ކިލޯގެ މެފެޑްރޯން އެވެ.
ކަސްޓަމުން ރޭ ބުނީ އެ މަސްތުވާތަކެތި އަތުލައިގަތީ އެ މީހާގެ ލަގެޖްގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައިވާ ކަމަށް ޝައްކުކުރެވިގެން، އިތުރަށް ބަލައިފާސްކުރުމުގެ ތެރޭގައި ކަމަށެވެ.
ކްރިމިނަލް ކޯޓުން ރޭ ނެރުނު ބަންދު އަމުރުގައިވާ ގޮތުން އެ މައްސަލައިގައި ހައްޔަރުކުރީ ލ. ދަނބިދޫ/. އެނބޫމާގޭ/ ޔޫސުފް ޝާހީން އެވެ.
އެ މައްސަލައިގައި އޭނާ 15 ދުވަސް ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރަން ވަނީ އަމުރުކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު