އަހުޒަމް އަޙްމަދު   21 އޮކްޓޯބަރު 2024 - 15:25
އަނެއްކާވެސް ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެ އެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނީ އެ ހާދިސާ ހިނގީ ވ. އަތޮޅުގެ ރިސޯޓެއްގައި ކަމަށެވެ.

އެގޮތުން މިއަދު ހެނދުނު 11:29 ކަންހާއިރު ފަތުރުވެރިއަކު ގެނބިގެން އުޅޭ ކަމަށް ރިޕޯޓްކުރި ކަމަށް ފުލުހުން ބުނެފައި ވެއެވެ.

އޭނާ ފަހުން ވ. ފެލިދޫ ހޮސްޕިޓަލަށް ގެންދިޔަކަމަށާއި ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޮތީ މަރުވެފައި ކަމަށް ފުލުހުން މައުލޫމާތު ދީފައި ވެއެވެ.

އެ ހާދިސާގައި މަރުވީ ބެލަރޫސްގެ 63 އަހަރުގެ އަންހެނެއް ކަަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.

ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.

ހަނީ މޫނަށް އައި ޗައިނާގެ ފިރިހެން ފަތުރުވެރިއެއް ވެސް ހަމަ މި މަހު ވަނީ މަރުވެފަ އެވެ. އެ މައްސަލައިގައި ސްނޯކަލިންއަށް އޭނާ ގެންދިޔަ ޑައިވް ސެންޓަރުގެ އިހުމާލު އެބައޮތް ކަމަށް އޭނާގެ ލޯބިވެރިޔާ ވަނީ ބުނެފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން