ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމް
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމް
ޕީއެސްއެމް ޓެލަތޯނުން ލިބުނު 19 މިލިއަން ރުފިޔާ ފަލަސްތީނު ރައްޔިތުންނަށް ޙަވާލު ކޮށްފައިވޭތޯ ސާފުކުރުމަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރަން ނިންމައިފިއެވެ.

އެގޮތުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމް މަޖިލީހަށް ހުށައަޅުއްވާފައި ވަނީ ފަލަސްތީނު ޓެލެތޯނަށް ލިބުނު 19.1 މިލިއަން ރުފިޔާ ފަލަސްތީނު ރައްޔިތުންނަށް އެހީވާ ފަންޑަށް ހަވާލުކުރެވުނުތޯ ސާފުކުރުމަށް ޑރ. ޚަލީލަށް ސުވާލު ކުރުމަށެވެ.

އަދި އެފައިސާ ލިބުނުތާ ހަތަރު މަސް ވެފައިވާއިރު، މިހާތަނަށް ފައިސާ ހަވާލު ކުރެވިފައި ނުވާނަމަ އެމަސައްކަތް ލަސްވާ ސަބަބު ސާފުކޮށްދިނުމަށާއި އެ ފައިސާ ފަލަސްތީނަށް ރައްދުކޮށްދެވޭނެ ތާރީޚެއް ސާފުކޮށްދިނުމަށް ވެސް މީކާއީލްގެ ސުވާލުގައި އެދިފައިވެއެވެ.



ފަލަސްތީނާއެކު ދިވެހީންގެ ނަމުގައި ހިންގި މިޓެލަތޯން ކުރިއަށް ގެންދިޔައީ މިދިޔަ ޖޫން މަހުގެ 12 ވަނަ ދުވަހެވެ.

މީކާއީލް މިފަދަ ސުވާލެއް މަޖިލީހަށް ހުށައަޅާފައިވާއިރު މިދިޔަ އޮގަސްޓު މަހުގެ 20 ވަނަ ދުވަހު ފޮރިން މިނިސްޓްރީން ވަނީ އެ ފައިސާ ފިނޭންސް މިނިސްޓްރީއާއި މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް، އަންރުއާގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން