ތަކުރާރުކޮށް ސައިކަލު ވަގަށް ނަގާ މީހަކު އަނެއްކާވެސް ސައިކަލެއް ވަގަށް ނަގައިގެން ހައްޔަރުކޮށްފި އެވެ.
ކްރިމިނަލް ކޯޓުން ރޭ ނެރުނު ބަންދު އަމުރުގައިވާ ގޮތުން އެ މައްސަލައިގައި ހައްޔަރުކުރީ ބ. ދަރަވަންދޫ/ ވިދުވަރުގޭ، ހުސެއިން ޝާއިފް(32އ.) އެވެ.
ބަންދު އަމުރުގައިވާ ގޮތުން އޭނާއަކީ ހައްޔަރާއި ބަންދުގެ ރެކޯޑްގެ ލޮގް ގިނަ މީހެކެވެ. އެގޮތުން މި އަހަރު އެކަނިވެސް ސައިކަލު ވަގަށް ނަގައިގެން ހަތަރު ފަހަރު އޭނާ ހައްޔަރުކުރި ކަމަށް ބުނެފައި ވެއެވެ.
ޝާއިފްގެ މައްޗަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައިވާ ކަމަށާއި އެހެންވެ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އޭނާ 15 ދުވަހު ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރަން ވަނީ އަމުރުކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު