ބޮޑުތިލަދުންމަތިން ފަތުރުވެރިކަމަށް 4000 އެނދު ނެރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހީމް ފައިސަލް މިއަދު ވިދާޅުވެއްޖެއެވެ.
ވަޒީރު ފައިސަލް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަބްދުލްޣަފޫރު މޫސާ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
އެގޮތުން ވަޒީރު ފައިސަލް މިއަދު ވިދާޅުވީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް އަންނަ އަހަރުގެ މާޗުމަހުގެ ތެރޭގައި ނިމޭނެކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ އެ މަސައްކަތް ނިމެންވާއިރަށް ފަތުރުވެރިކަމަށް 4000 އެނދު ނެރުން ކަމަށް ފައިސަލް ވިދާޅުވިއެވެ.
ބޮޑުތިލަދުންމަތީގެ ފަތުރުވެރިކަން ތަރައްގީކުރުމަށް ރައީސް ޑރ. މުއިއްޒު ޚާއްސަ އިސްކަމެއް ދެއްވާކަން ފާހަގަ ކުރަށްވަމުން ފައިސަލް މިއަދު ވިދާޅުވީ ރައީސް ޑރ. މުއިއްޒު އެންމެ ފަހުން އިންޑިއާއަށް ކުރެއްވި ދަތުރުގައިވެސް އަދި މިއަހަރުގެ ފެބުރުއަރީ މަހު ރައީސް ޔޫއޭއީއަށް ކުރެއްވި ދަތުރުފުޅުގައިވެސް އެ ސަރަހަށްދަށް އިންވެސްޓަރުން ހޯއްދެވުމަށް މަސައްކަތް ކުރެއްވި ކަމަށެވެ.
“ހދ. އަތޮޅުގައި ރަޖިސްޓްރީކޮށްފައިވަނީ 460 އެނދު. އެ އަތޮޅުގެ އިތުރު 3 ތަނެއް ފަތުރުވެރިކަމަށް ދޫކޮށް ޖުމްލަ 1886 އެނދު ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށް އެބަދޭ." ފައިސަލް މިއަދު ވިދާޅުވިއެވެ.
އޭގެ އިތުރުން ފައިސަލް މިއަދު ވިދާޅުވީ ބޮޑު ތިލަދުންމަތި ފާހަގަކުރެވިފައިވަނީ ދިވެހިރާއްޖޭގެ ސަގާފަތް ދައްކުވައިދޭ ވަރަށް ތާރީޚީ ހެރިޓޭޖްގެ ތެރެއިން ފަތުރުވެރިންނަށް ރަނގަޅު އެކްސްޕީރިއެންސެއް ކުރެވޭނެ ތަނެއްގެ ގޮތުގައި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު