ފުވައްމުލަކު ސިޓީގައި މީހަކަށް ޓީބީ ޖެހިގެން އުޅޭ ކަމަށް ބުނެ ފަތުރަމުންދަނީ ދޮގު ކަމަށް ފުވައްމުލަކު ހޮސްޕިޓަލުން ބުނެފިއެވެ.

ފުވައްމުލަކު ހޮސްޕިޓަލުން މިއަދު ނެރުނު ބަޔާނުގައި ބުނީ ބިދޭސީ މަސައްކަތްތެރިއަކު ޓީބީ ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށް ބުނެ އާންމު ރައްޔިތުންގެ މެދުގައި ބިރުވެރިކަމާއި ކަންބޮޑުވުން އުފެދޭ ގޮތަށް ސޯޝަލް މީޑިއާފައި ސްޓޭޓަސްތަކެއް ދައުުރުކުރަމުންދާ ކަމަށެވެ.

އެހެން ނަމަވެސް އެ އެއްވެސް ބިދޭސީއަކު ޓީބީ ބައްޔަށް ޕޮޒިޓިވްވެ ފަރުވާދެމުން ނުގެންދާކަމުގެ ޔަގީންކަން އެ ހޮސްޕިޓަލުން ވަނީ ދީފައެވެ.

އަދި އެފަދަ އެއްވެސް ރިޕޯޓެއްވެސް ލިބިފައި ނުވާ ކަމަށް ހޮސްޕިޓަލުން ބުނެފައި ވެއެވެ.

މި ސަރަހައްދުގެ ގައުމުތަކުގައި ޓީބީއަކީ އާންމު ބައްޔެއް ނަމަވެސް ރާއްޖޭގައި ޓީބީ އާންމެއް ނޫނެވެ.

އަދި އަންނަ އަހަރު ރާއްޖެއިން ޓީބީ އެއްކޮށް ނައްތާލުމަށް ހެލްތު މިނިސްޓްރީން ވަނީ އަމާޒުހިފައިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން