ފަތުރުވެރިއެއްގެ ގިނަ އަދަދެއްގެ ޑޮލަރު ވަގަށް ނެގި މީހަކު ޖޫރިމަނާކޮށްފިއެވެ.
ކްރިމިނަލް ކޯޓުން މިދިޔަ އަންގާރަ ދުވަހު ކުރި ޙުކުމްގައިވާ ގޮތުން އެ މައްސަލައިގައި ޙުކުމްއިއްވީ އއ. ފެރިދޫ/ވައިލެޓްކޮރަލް، ހަމްޒަތު މުހައްމަދުގެ މައްޗަށެވެ.
ޙުކުމްގެ ޚުލާޞާގައި ބުނީ މިދިޔަ އަހަރު އޮގަސްޓު މަހު ހަމްޒަތު، ސޭންޑިސް ބަތަލާ ރިސޯޓުގައި ބަލަހައްޓަމުން ދިޔަ ކޮޓަރިއެއްގައި ފަތުުރުވެރިއަކު ބަހައްޓާފައި ހުރި 2100 އެމެރިކާ ޑޮލަރާއި 4000 ރުބެލްސް ވަގަށް ނެގި ކަމަށެވެ.
އެ މައްސަލަގައި ކުށްވެރިޔާއާއި ޕީޖީއާ ދެމެދު ވަނީ އިއުތިރާފްގެ އެއްބަސްވުމެއް ހަދާފައެވެ. އެހެންވެ އެކަމަށް ރިއާޔަތްކޮށް އޭނާގެ މައްޗަށް އިއްވީ 28000 ރުފިޔާގެ ޖޫރިމަނާއެކެވެ.
އަދި އެ ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ވަނީ އަމުުރުކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު