ސަބްކޮމިޓީ އޮން ދަ ޕްރިވެންޝަން އޮފް ޓޯޗަރ (އެސް.ޕީ.ޓީ.)ގެ 4 ވަނަ ދައުރަކަށް ރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛާ އައިޝާ ޝުޖޫން މުހައްމަދު އިންތިޚާބު ވެއްޖެއެވެ.

ފަނޑިޔާރު ޝުޖޫން މި މަގާމަށް އިންތިހާބުވެފައި ވަނީ މިއަދު ބޭއްވި އ.ދ. ގެ ސަބްކޮމިޓީ އޮން ދަ ޕްރިވެންޝަން އޮފް ޓޯޗަރ (އެސް.ޕީ.ޓީ.) ގެ 2025-2028 ވަނަ ދައުރަށް މެމްބަރުން އިންތިޚާބުކުމަށް ބޭއްވި ޖަލްސާގައެވެ.

ސްވިޓްޒަލޭންޑްގެ ޖެނީވާގައި ބޭއްވި މި އިންތިޚާބުގައި ފަނޑިޔާރު އަލްއުސްތާޛާ އައިޝާ ޝުޖޫން މުހައްމަދު ވަނީ އިންތިޚާބުގައި ވާދަކުރި ހުރިހާ ކެނޑިޑޭޓުންގެ ތެރެއިން އެންމެ ގިނަ ވޯޓު ހޯއްދަވައިފައެވެ.

މިއީ 2010 ވަނަ އަހަރު އެކަމަނާ އެސް.ޕީ.ޓީ. އަށް އެންމެ ފުރަތަމަ ހޮވިވަޑައިގެން ފަހުން މި މަގާމު އަދާކުރައްވާ ހަތަރު ވަނަ ދައުރެވެ. އެގޮތުން އެކަމަނާ ވަނީ 2021 އިން 2024 އަށް އެސް.ޕީ.ޓީގެ އެއް ދައުރު އަދި 2011 އާއި 2018 އާއި ދެމެދު ޖެހިޖެހިގެން ދެ ދައުރު އަދާކުރައްވާފައެވެ. އަދި މި މަޤާމުގައި ހުންނެވި އިރު އެކަމަނާ ވަނީ ވައިސް-ޗެއަރ އޮފް ޖުރިސްޕްރޫޑެންސްގެ މަޤާމްގެ އިތުރުން އެސް.ޕީ.ޓީ. ގެ ރެޕަޓުއަރކަންވެސް ކުރައްވާފައެވެ.

މި ކޮމިޓީގެ 12 ގޮނޑިއަށްކުރިމަތިލެއްވި 14 ކެންޑިޑޭޓުންނާ ވާދަކުރައްވައިގެން ސުޖޫމް މި މަގާމަށް އިންތިހާބުވެފައިވާއިރު އެކަމަނާ އަކީ މަދަނީ ޖަމުއިއްޔާތަކުގައާއި ޝަރުއީ ދާއިރާގައި، ހާއްސަކޮށް އިންސާނީ ޙައްގުތައް ހިމާޔަތްކުރުމުގައި ތަޖުރިބާކާރު ބޭފުޅެއްކަން ފާހަގަ ކުރެވެއެވެ.

ދިވެހިރާއްޖެއިން އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ދަ ކޮންވެންޝަން އަގެއިންސްޓް ޓޯޗަރ (އޮޕްކެޓް) ގައި ބައިވެރިވީ މީގެ 19 އަހަރު ކުރިންނެވެ. ދިވެހިރާއްޖެއަކީ އޮޕްކެޓް އުފެއްދުމުގައި ބައިވެރިވި ފުރަތަމަ 20 ޤައުމުގެ ތެރޭގައި ހިމެނޭ އަދި އޮޕްކެޓްގައި ބައިވެރިވެފައިވާ އޭޝިއާގެ ފުރަތަމަ ސްޓޭޓް ޕާޓީއެވެ.

އެސް.ޕީ.ޓީ. އަކީ އ.ދ. ގެ އެންމެ ބޮޑު އެއް ހިއުމަން ރައިޓްސް ޓްރީޓީ ބޮޑީއެވެ. އަދި މިއީ 25 އިންޑިޕެންޑެންޓް އެކްސްޕާރޓުންނާއެކު އޮޕްކެޓް އިން އުފައްދާފައިވާ ބައިނަލްއަޤްވާމީ ބޮޑީއެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން