ބިދޭސީއަކު ބަރަހަނާކޮށް ފޭރުނު މައްސަލައިގައި މީހަކު ހައްޔަރުކޮށްފި އެވެ.
ކްރިމިނަލް ކޯޓުން ރޭ ނެރުނު ބަންދު އަމުރުގައިވާ ގޮތުން އެ މައްސަލައިގައި ހައްޔަރުކުރީ އައްޑޫ ސިޓީ ހިތަދޫ/ ސޯމާ، ޝަފީގު އިބްރާހިމް(35 އަހަރު) އެވެ.
ބަންދު އަމުރުގައިވާ ގޮތުން ފޭރުމުގައި ޝަފީގުއާއެކު އިތުރު އެހެން މީހަކު ވެސް އުޅުނެވެ. ނަމަވެސް އެ މީހާ އަދި ހައްޔަރެއް ނުކުރެއެވެ.
ބަންދު އަމުރުގައިވާ ގޮތުން ބިދޭސީއަކު ބަރަހަނާކޮށްގެން ފޭރުނު ކަމަށް ލިބުނު މައުލޫމާތާ ގުޅިގެން ފުލުހުން ސީންއަށް ދިޔައެވެ. އަދި އެކަން ކުރީ މއ. ރަޝްމާވިލާ ނަމަކަށް ކިޔާ ގެއަކަށް އެ ބިދޭސީ މީހާ ގަދަކަމުން ވައްދައި އޭނާގެ އަތާއި ފައި ބަނދެ ބަރަހަނާކޮށް ކަރުގައި ވަޅި ޖައްސައިގެން ކަމަށް ބުނެފައި ވެއެވެ.
އަދި އެ ބިދޭސީ މީހާގެ ވޮލެޓު ނެގި ކަމަށާއި އޭގައި 10،600 ރުފިޔާ އޮތް ކަމަށް ވެސް ބުނެފައި ވެއެވެ. ފަހުން އޭނާ ހައްޔަރުކުރީ ފިހާރައެއް ކައިރީގައި ހުއްޓައެވެ.
ޝަފީގުގެ ވައްކަމާއި ފޭރުމުގެ ރެކޯޑް އޮންނަ ކަމަށާއި އެހެންވެ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އޭނާ 15 ދުވަހު ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރަން ވަނީ އަމުރުކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު