ބަންޑުން ޖަހާލި ޑިންގީއެއްގައި ތިބި ބަޔަކު ސަލާމަތްކޮށްފިއެވެ.

އެމްއެންޑީއެފްއިން ބުނީ ބަންޑުން ޖަހާލީ ފަރުމަހަށް ނުކުމެ އުޅުނު "ޕެސްޓަރ" ނަމަކަށް ކިޔާ ޑިންގީއެއް ކަމަށެވެ.

ތިން ދިވެހިންނާއެކު ދަތުރުކުރި އެ ޑިންގީ ގެއްލިގެން އުޅޭކަމުގެ މައުލޫމާތު މިއަދު ހެނދުނު 06:11 ގައި ލިބުމާއެކު އެ ޑިންގީ ހޯދުމުގެ މަސައްކަތް ފެށިކަމަށް އެމްއެންޑީއެފްއިން ބުނެފައި ވެއެވެ.



އެގޮތުން އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް "ހަކުރާ" އިން ކުރި މަސައްކަތުން ޑިންގީ ފެނިފައިވަނީ މާހަލާ ދިމާ، ދެކުނުން މަގުބެއްދިއާ ދިމާއިން މިއަދު ހެނދުނު 09:32 ހާއިރު ކަމަށް އެމްްއެންޑީއެފްއިން ބުނެފައިވެއެވެ.

އެމްއެންޑީއެފްއިން ވަނީ އެ ޑިންގީގެ ވީޑިއޯއެއް ވެސް އާންމުކޮށްފައެވެ. އެއިން ފެންނަގޮތުން އެ ތިން މީހުން ތިބީ ބަންޑުން ޖަހާލަފައި އޮތް ޑިންގީގެ މަތީގައެވެ.



ޑިންގީން ދަތުރުކުރި އެންމެންގެ ހާލު ވެސް ރަނގަޅުކަމަށް އެމްއެންޑީއެފްއިން ބުނެފައިވެެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން