މިދިޔަ ސެޕްޓެމްބަރު މަހު ރާއްޖެއަށް ވައިގެމަގުން މަސްތުވާތަކެތި އެތެރެކުރި އުމުރުން 65 އަހަރުގެ ޢަބްދުالله ޞާދިޤު މަސްތުވާތަކެތި އެތެރެކޮށްގެން އަނެއްކާވެސް ހައްޔަރުކޮށްފި އެެވެ.
ކްރިމިނަލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ނެރެފައިވާ ބަންދު އަމުރުގައިވަނީ ޞާދިޤްގެ ލަގެޖްގެ ތެރޭގައި މާ ޖަހާފައި ހުރި 3 ވާސް އޮތް ކަމަށާއި އެ އެއްޗެހީގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ 4 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށެވެ.
އަދި އެ ތަކެތީގެ ވަގުތީ ޓެސްޓުން ހެރޮއިންއަށް ޕޮޒިޓިވް ވެފައިވާއިރު، ބަރުދަނުގައި 270 ގްރާމް ހުރި ކަމަށް ކޯޓު އަމުރުގައިވެއެވެ. ހަމައެއާއެކު ޞާދިޤްގެ ކުޑަކަމުދާ ތަކެތި އޯޕިއޭޓްސްއަށް ޕޮޒިޓިވްވެފައިވާ ކަމަށްވެސް ކޯޓު އަމުރުގައިވެއެވެ.
އެހެންކަމުން ކްރިމިނަލް ކޯޓުން ވަނީ ޞާދިޤްގެ ބަންދަށް 15 ދުވަސް ޖަހާފައެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށްގެން ސ.ހިތަދޫ، ވެހެތާނުގެ، އަބްދުﷲ ޞާދިޤު ހައްޔަރު ކޮށްފައިވާއިރު މިދިޔަ ސެޕްޓެމްބަރ މަހުގެ 17 ގައި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އޭން ހައްޔަރުކުރީ 349 ގްރާމްގެ ހެރޮއިންއާ އެކުގައެވެ.
އެމައްސަލާގައި ޞާދިޤުގެ ބަންދު މުއްދަތު ކޯޓުން އިތުރުކޮށްދިން ނަމަވެސް ފުލުހުންގެ ބަންދުން އޭނާ ދޫވެފައިވަނީ ކީއްވެކަން ވަނީ ސާފުވާގޮތް ނުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު