ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހީމް ފައިސަލް
ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހީމް ފައިސަލް
ދެކުނުގެ ފަތުރުވެރިކަން ތަރައްޤީ ކުރުމަށްޓަކައި ދެކުނުގެ 4 އަތޮޅު އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހިމް ފައިސަލް ގޮވާލައްވައިފިއެވެ.

ފައިސަލް މިކަމަށް ގޮވާލެއްވީ އައްޑޫގެ ޓޫރިޒަމް ބްރޭންޑް ލޯންޗުކުރުމަށް ކެނަރީފް ރިސޯޓްގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން ފައިސަލް ވަނީ ކުރިއަށް އޮތް ފަސް އަހަރާއި 7 އަހަރާ ދެމެދު ދެކުނުގައި 4،000 ނުވަތަ 6،000 އެނދު އުފެއްދޭ ވަރަށް މަސައްކަތް ކުރެއްވުމަށް އެދިވަޑައިގެންފައެވެ.

ފައިސަލް ރޭ ވިދާޅުވީ އައްޑޫގައި މިހާރު ހުރީ ގާތްގަނޑަކަށް 1100 އެނދު ކަމަށާއި އެހެން ނަމަވެސް ދެކުނުގެ އަތޮޅުތައް ގުޅިގެން މަސައްކަތް ކޮށްފިނަމަ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ބޭނުންވެސް ފުރިހަމައަށް ހިފޭނެ ކަމަށެވެ.

“އަޅުގަނޑު އެދެނީ އައްޑޫ، ފުވައްމުލައް އަދި ގއ. އަދި ގދ.ގެ ބޭފުޅުން އެކުވެރިވެ، އެންމެން އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކުރުން." ފައިސަލް ވިދާޅުވިއެވެ.

ހަމައެއާއެކު ފައިސަލް ވަނީ އައްޑު އަތޮޅު ގަމުގައި ފަތުރުވެރިކަމަށް ހާއްސަ 130 އެނދު އަޅަން ޗަމްޕާ ހުސައިން އަފީފްގެ ކާސާ ހޯލްޑިންސް އިން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށްވެސް ވިދާޅުވެފައެވެ.

ފައިސަލް ވިދާޅުވީ ހަންކެޑެ ޕްރޮޖެކްޓާއި ކާސާ ހޯލްޑިންގްސް މަޝްރޫއު ނިމުމުން މިހާރު ބަންދުކޮށްފައިވާ ޝަންގްރިއްލާ ރިސޯޓް އަލުން ހުޅުވުމަށް އިތުރު ހިތްވަރު ލިބިގެންދާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން