އިންޑިއާގައި އުފައްދާފައިވާ ނޯމަލް އިމިއުނޯގްލޮބިއުލިން އައިވީ ބެޗެއްގައި މައްސަލަތަކެއް ހުރުމުން، އެކަމަށް ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން މިއަދު އިލްތިމާސްކޮށްފިއެވެ.
އެމްއެފްޑީއޭއިން ބުނީ، އިންޑިއާގެ އައިކޯ ބަޔޮލޮޖިކްސް ލިމިޓެޑުން އުފައްދާފައިވާ، ނޯމަލް އިމިއުނޯގްލޮބިއުލިން ފޯ އިންޓްރަވީނަސް ޔޫސް ބީޕީ ފަސް ޕަސެންޓްގެ 4 ބެޗެއްގައި ކޮލިޓީގެ މައްސަލަ ހުރިކަން ފާހަގަވެފައިވާ ކަމަށެވެ.
އަދި އެމައްސަލަ ލަންކާގެ ބޭސް ރެގިއުލޭޓް ކުރާ އިދާރާއާއި ނެޝަނަލް މެޑިސިން ރެގިއުލޭޓަރީ އޮތޯރިޓީންނާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވެސް ރިޕޯޓުކޮށްފައިވާ ކަމަށް އެމްއެފްޑީއޭ އިން ބުނެފައިވެއެވެ.
އެމްއެފްޑީއޭއިން ބުނީ މި އައިވީ ރާއްޖެއަށް އެތެރެކޮށް ވިއްކުމަށް ހުއްދަކޮށްފައިވާ ބޭހުގެ ލިސްޓުގައި ނުހިމެނޭ ކަމަށެވެ. އަދި މިއައިވީގެ އެއްވެސް ބެޗެއް ރާއްޖެ އިމްޕޯޓްކޮށްފައި ނުވާކަން ޔަގީންވެފައިވާ ކަމަށް ވެސް އެ އިދާރާއިން މަޢުލޫމާތު ދީފައިވެއެވެ.
އެހެން ނަމަވެސް އިންޑިއާއާއި ލަންކާއަކީ ދިވެހިން އާއްމުކޮށް ބޭސް ފަރުވާއަށް ގޮސް އުޅޭ ގައުމުތަކަށްވާތީ ބައެއް ހާލަތްތަކުގައި އަމިއްލަ ބޭނުމަށް އެ ގައުމުތަކުން ބޭސް އެތެރެކުރާތީ މިކަމަށް ސަމާލުވުމަށް އެމްއެފްޑީއޭއިން އެދިފައިވެއެވެ.
މީގެ އިތުރުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބޭސް ސިޓީއަށް ބޭސް އެތެރެ ކުރާއިރު ޚާއްސަ ސަމާލުކަމެއް ދީގެން ބަލައިފާސްކުރަމުން ގެންދާނެ ކަމަށް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.

— MFDA (@MFDA_mv) October 27, 2024

ކިޔުންތެރިންގެ ހިޔާލު