ސަރުކާރުގެ ހަރަދުތައް އާންމުކުރުން ހުއްޓާލާފައި އޮންނަތާ 4 މަސްފަހުން އެ ރިޕޯޓުތައް ސަރުކާރުން މިއަދު އާންމުކޮށްފިއެވެ.
ސަރުކާރުން ގަވައިދުން އާންމު ކުރަމުންދިޔަ އެ ހިސާބުތައް އާންމުކުރުން ހުއްޓާލި ސަބަބެއްގެ ގޮތުގައި ފިނޭންސް މިނިސްޓްރީން ބުނެފައިވަނީ، ހިސާބުތަކުގައި މައްސަލަތަކެއް އުޅޭކަމަށް ފާހަގަވުމެވެ. އޭގެފަހުން ސަރުކާރުންވަނީ މިދިޔަ ސަރުކާރުން 2 ބިލިއަނެއްހާ ރުފިޔާގެ ފައިސާގެ ހިސާބުތައް ރިކޯޑު ކޮށްފައި ނުވާކަން ހާމަކޮށް އޭގެ ސަބަބުން ފައިސާގެ ހިސާބުތަކުގައި އޮޅުންތަކެއް ހުރިކަން ހާމަކޮށްފައެވެ.
އޮޅުންތައް ރަނގަޅު ކުރުމަށްފަހު ވޭތުވެދިޔަ 18 މަސް ދުވަހުގެ ހިސާބުތައް ވަކިވަކިން މިހާރު ވަނީ ޝާއިއު ކޮށްފައެވެ.
ފިނޭންސްގެ ވެބްސައިޓުގައި އާންމުކޮށްފައިވާ އެ މައުލޫމާތަކަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނު އާމްދަނީ ވަނީ 28 ބިލިއަން ރުފިޔާއަށް އަރާފައެވެ. އެއީ މިދިޔަ އަހަރުގެ މިހާތަނަށް ލިބުނު އާމްދަނީ އާއި އަޅާބަލާއިރު 400 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
ރިކަރަންޓު ހަރަދުގެ ގޮތުގައި މި އަހަރުގެ މިހާތަނަށް 27 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު އޭގެ ބޮޑު އިންސައްތައެއް ހަރަދު ކޮށްފައިވަނީ މުސާރައިގެ ގޮތުގައެވެ. މުސާރައިގެ ގޮތުގައި ޖުމުލަ 10.3 ބިލިއަން ރުފިޔާ ހަރަދު ކޮށްފައިވާއިރު މުޅި ޖުމުލަ މި އަހަރުގެ މިހާތަނަށް ހަރަދު އުޅެނީ 40 ބިލިއަން ރުފިޔާގައެވެ.
ހިސާބުތަކުން ފެންނަގޮތުގައި މިދިޔަ ސަރުކާރުން އަހަރުގެ މިހާތަނަށް ޕްރޮޖެކްޓްތަކަށް ކުރި ހަރަދަށްވުރެ މި ސަރުކާރުން ކުރި ހަރަދު ވެސް ވަނީ އިތުރު ވެފައެވެ. އެގޮތުން މި އަހަރުގެ މިހާތަނަށް އެކި ޕްރޮޖެކްޓްތަކަށާއި ހަރުމުދަލުގެ ގޮތުގައި 10.5 ބިލިއަން ރުފިޔާ ހަރަދު ކޮށްފައި ވެއެވެ. ކުރީ ސަރުކާރުން އެކަމަށް ހަރަދު ކުރީ 1.5 ބިލިއަން ރުފިޔާ މަދު އަދަދެކެވެ.
އޭގެ އިތުރުން ފާހަގަކޮށްލެވޭ އަނެއްކަމަކީ ލޯނު ދެއްކުމަށް މި އަހަރުގެ މިހާތަނަށް ދެ ބިލިއަން ރުފިޔާ ހަރަދު ކޮށްފައިވާކަމެވެ.

ކިޔުންތެރިންގެ ހިޔާލު