އައްޑޫ ސިޓީ ހިތަދޫ އާއި ހުޅުމީދޫއާ ދެމެދު އަޅާ ބުރިޖުގެ މަސައްކަތް އަންނަ އަހަރު ފެށުމަށް ރާވާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ މިހެން ވިދާޅުވީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުންނެވެ. އެގޮތުން މިނިސްޓަރ ޒަމީރު ވަނީ އެ ބަޖެޓުގައި އަންނަ އަހަރު ކުރުމަށް ރާވާފައިވާ ބައެއް ކަންކަން ހާމަކުރައްވާފަ އެވެ. އޭގެތެރޭގައި ހިތަދޫ އާއި ހުޅުމީދޫ ބްރިޖު މަޝްރޫއު އަންނަ އަހަރު ފެށުން ހިމެނޭ ކަމަށް ޒަމީރު ވިދާޅުވި އެވެ.
ސަރުކާރުން މީގެ ކުރިން ބުނަމުން އައީ އައްޑޫގައި ހަދާ ބްރިޖުގެ މަސައްކަތް މިއަހަރު ތެރޭގައި ފަށާނެ ކަމަށެވެ.
ހިތަދޫ އާއި ހުޅުމީދޫ ގުޅައިލުމަށް ހަދާ މި ބްރިޖްގެ ފީސިބިލިޓީ ސްޓަޑީ އާއި ޑިޒައިންގެ މަސައްކަތް ކުރިއަށް ގެންދަން ސަރުކާރުން ހަވާލުކޮށްފައިވަނީ މިސްރުގެ ކުންފުންޏެއް ކަމަށްވާ ދަ އަރަބް ކޮންޓްރެކްޓާސް ކުންފުންޏާ އެވެ.
ސަރުކާރުން ބުނެފައިވާ ގޮތުގައި ބްރިޖު ފީޒިބިލިޓީ ސްޓަޑީ އާއި ޑިޒައިނާ ގުޅޭ މަސައްކަތްތައް ތިން މަސް ތެރޭގައި ނިންމަން ޖެހެ އެވެ. އަދި ބްރިޖްގެ މަސައްކަތް ކުރިއަށް ގެންދަން ނިންމާފައި ވަނީ ހުޅުމީދު އާއި ހިތަދޫގެ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ވެސް ހޯދައިގެންނެވެ.
އައްޑޫ ބްރިޖަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެއްކަން ފާހަގަ ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު