ދެ ދާއިރާއަކުން މަސްވެރިންނަށް ދޭ އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު މަސްވެރިކަމާ ބެހޭ ވުޒާރާއިން އިތުރުކޮށްފިއެވެ.

މަސްވެރިކަމާ ބެހޭ ވުޒާރާއިން ކުރި އިއުލާނެއްގައި ބުނީ ކެޔޮޅުންގެ އެވޯޑާއި ފަރުމަސްވެރިޔާގެ އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު މިހާރު އިތުރުކޮށްފައިވާ ކަމަށެވެ. އެގޮތުން އެ އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފައި ވަނީ މި މަހުގެ 21 ވަނަ ދުވަހާ ހަމައަށެވެ.

ވުޒާރާއިން ބުނީ މި އެވޯޑްތަކަށް އެދި އަމިއްލަ ހައިސިއްޔަތުން ނުވަތަ އެހެން ފަރާތަކުންވެސް ނަން ހުށަހެޅޭނެ ކަމަށާއި، އެވޯޑަށް އެދި ހުށަހަޅަން ޖެހޭ ފޯމު ވުޒާރާގެ ވެބްސައިޓުން ޑައުންލޯޑްކުރެވޭނެ ކަމަށެވެ.

މިއަހަރުގެ މަސްވެރިންގެ ދުވަހު ދިނުމަށް ހަމަޖެހިފައިވާ ޒުވާން ކެޔޮޅާއި ތަޖުރިބާކާރު ކެޔޮޅާއި އަދި ފަރުމަސްވެރިޔާގެ އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު މަސްވެރިކަމާ ބެހޭ ވުޒާރާއިން ހުޅުވާލީ މިދިޔަ މަހުގެ ނުވަ ވަނަ ދުވަހުއެވެ.

ކޮންމެ އަހަރެއްގެ ޑިސެންބަރު މަހުގެ ދިހައެއް މަސްވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރާއިރު މިއަހަރުގެ މަސްވެރިންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރަން ނިންމާފައިވަނީ މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫގައެވެ.

މިދިޔަ އަހަރުވެސް މަަަސްވެރިންގެ ދުވަސް ކުލަގޮދަކޮށް ފާހަގަކޮށްފައިވާއިރު އެފަހަރު މި ދުވަސް ފާހަގަ ކުރީ ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާގައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން