ހިޔާވަހި ސްކީމް ލޯންޗުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން---
ހިޔާވަހި ސްކީމް ލޯންޗުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން---
ގެދޮރު އިމާރާތްކުރުމަށްޓަކައި ލުއި ލޯނު ދިނުމަށް ނިމިގެން ދިޔަ ހަފުތާގައި އިފްތިތާހުކުރި "ހިޔާވަހި ސްކީމް" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ހިޔާވަހި ސްކީމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދާއި އެއްގޮތަށް ބޯހިޔާވަހިކަމަށް ގެދޮރު އިމާރާތްކުރުމަށް ފަސް ޕަސެންޓް އިންޓަރެސްޓް ރޭޓުގައި ލޯނު ދޫކުރާ ސްކީމެވެ.

ހައުސިން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ އެ ސްކީމުގައި ހިމެނޭ ފައިނޭންސިންގައި ބައިވެރިވުމުގެ ފުރުސަތު މިއަދުން ފެށިގެން މިހާރު ހުޅުވާލައިފައިވާ ކަމަށެވެ. އެ ސްކީމުގައި ބައިވެރިވެވޭނީ އެކަމަށް ހާއްސަކޮށް ހައުސިން މިނިސްޓްރީގެ ވެބްސައިޓުގައި ގާއިމުކޮށްފައިވާ “ހިޔާވެހި ޕޯޓަލް” މެދުވެރިކޮށެވެ.

ހިޔާވަހި ސްކީމަށް އަންނަ އަހަރުގެ ބެޖެޓުގައި އެއް ބިލިއަން ރުފިޔާ ހާއްސަކޮށްފައިވާއިިރު އެ ސްކީމަށް ހުށަހެޅޭނީ އަމިއްލަ ނުވަތަ ދައުލަތުން ދޫކޮށްފައިވާ ބޯހިޔާވަހި ކަމެއް ނެތް މީހުންނަށް އެކަންޏެވެ.

"ހިޔާވަހި ފައިނޭންސް ސްކީމް" ގެ ދަށުން ލޯނު ދޫކުރުމަށް ތިން ކެޓަގަރީއެއް ވަނީ ކަނޑައަޅާފައެވެ. އޭގެތެރޭގައި އަތޮޅުތެރެއާއި އާބަން ސެންޓަރުތަކާއި ފުރަމާލެ ހިމެނެއެެވެ. އެގޮތުން އަތޮޅު ތެރޭގެ ގިންތީގެ ރަށްރަށުގައި ގެދޮރު އަޅަން އެއް މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރެވޭނެއެވެ. މި ލޯނަށް އެއްވެސް އިކުއިޓީއެއް ދައްކާކަށް ނުޖެހޭނެއެވެ. އެ ލޯނު ދޫކުރާނީ އެޗްޑީއެފްސީ މެދުވެރިކޮށް ކަމަށް ހައުސިން މިނިސްޓްރީ އިން ބުނެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން