މެދުރާއްޖެތެރެއާއި ދެކުނުގެ ބައެއް އަތޮޅުތަކަށް ވިއްސާރަ ކުރުމާއެކު ގުގުރުން އެކަށީގެންވާކަމަށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ.
މެޓުން ބުނީ މެދުރާއްޖެތެރެއާއި ދެކުނުގެ ބައެއް އަތޮޅުތަކަށް ވިއްސާރަ ކުރުމާއެކު ގުގުރުން އެކަށީގެންވާއިރު އެހެން ހިސާބުތަކަށް ކެރީގެ އަސަރު ކުރިނަމަވެސް މޫސުން އާންމުގޮތެއްގައި ރަނގަޅުވާނެ ކަމަށެވެ.
އަދި އުތުރުގެ އަތޮޅުތަކަށްް ހުޅަނގުދެކުނާއި ހުޅަނގުން, ގަޑިއަކު 3 މޭލާއި 10 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެެވެ. އަދި މެދު ރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 7 މޭލާއި 17 މޭލު ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 30 މޭލު ބާރު މިނުގައި ވައިޖެހުން އެކަށީގެންވާކަމަށް މެޓުން ބުނެއެވެ.
މޫސުމާ ބެހޭ އިދާއިން ބުނީ އުތުރުގެ އަތޮޅުތަކަށް ކަނޑުތައް މަޑުވި ނަމަވެސް އެހެން ހިސާބުތަކަށް އާދައިގެ ވަރަކަށް ކަނޑުތައް ގަދަވާނެ ކަމަށެވެ. އެ އިދާރާއިން ލަފާކޮށްފައިވާ ގޮތުގައި މެދުރާއްޖެތެރެ އާއި ދެކުނުގެ ރާޅުގެ އުސްމިން އުޅޭނީ 2 ފޫޓާއި 5 ފޫޓާއި ދެމެދުގައެވެ. އަދި އުތުރުގެ ކަނޑުތަކުގެ ރާޅުގެ އުސްމިން އުޅޭނީ 1 ފޫޓާއި 3 ފޫޓާއި ދެމެދު ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު