ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް
ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް
ރާއްޖެއަށް މިއަހަރު ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު 1.7 މިލިއަނަށް އަރައިފިއެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން މިމަހުގެ 6 ވަނަ ދުވަހު ނެރެފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިމަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތް ކޮށްފައިވާ ފަތުރުވެރިންގެ އަދަދު ވަނީ 1693952 އަށް އަރާފަ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު 9.5 އިންސައްތައިގެ ކުރިއެރުމެކެވެ.

ރާއްޖެއަށް މިމަހު އެވްރެޖްކޮށް ދުވާލަކު 7326 ފަތުރުވެރިން ޒިޔާރަތް ކުރާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. އެހެންކަމުން ފާއިތުވީ 3 ދުވަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންނާއެކު މިއަހަރު ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ ޖުމްލަ ޢަދަދު 1.7 މިލިއަނަށް އަރާނެ ކަމަށް ބެލެވެއެވެ.

ފަތުރުވެރިކަމާބެހޭ އިދާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހު މިހާތަނަށް ރާއްޖެއަށް އައިސްފައި ވަނީ 29304 ފަތުރުވެރިންނެވެ.

އެންމެ ގިނައިން ރާއްޖެ އަށް މިހާރު ފަތުރުވެރިން އަންނަ ދިހަ ގައުމަށް ބަލާ އިރު، އެއް ވަނައިގައި އޮތީ ޗައިނާ އެވެ. އެ ގައުމުން އައި ފަތުރުވެރިންގެ އަދަދު 241523 އަށް އަރައެވެ. ދެވަނައިގައި ރަޝިއާ އޮތީ 189193 ފަތުރުވެރިންނާ އެކުގައެވެ. އިނގިރޭސިވިލާތް ތިން ވަނައިގައި އޮތީ 145774 ފަތުރުވެރިންނާ އެކުއެވެ.

ސަރުކާރުގެ އަމާޒަކީ މިއަހަރު ރާއްޖެއަށް 2.3 މިލިއަން ފަތުރުވެރިން ގެނައުމެވެ.

ފަތުރުވެރިކަމާބެހޭ ވުޒާރާގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން 2023 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ 1.8 ފަތުރުވެރިންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން