މިއަދު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތު
މިއަދު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތު
ފަސްތަރީގެ ރިސޯޓަކާއެކު ޓްރެއިނިންގ ސްކޫލެއް ލ. ހުޅިމެންދޫގައި ޤާއިމް ކުރުމުގެ އެމްއޯޔޫގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ފަތުރުވެރިކަމާބެހޭ ވުޒާރާއާއެކު މިއަދު ސޮއިކޮށްފިއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މި އެމްއޯޔޫގައި ފަތުރުވެރިކަމާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު އިބްރާހިމް ފައިސަލެވެ. އަދި ޤައުމީ ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރު ޑރ. އާއިޝަތު ޝެހެނާޒު އާދަމެވެ.

މި އެމްއޯޔޫގައި ސޮއިކުރެއްވުމަށްފަހު، ޑރ. ޝެހެނާޒު މިއަދު ވިދާޅުވީ މި މަޝްރޫޢުގެ ދަށުން ފަތުރުވެރިކަމުގެ ދާއިރާއިން ޚާއްޞަ ދިރާސާތައް ކުރެވޭނެ ކަމަށެވެ. އަދި މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއާއި ތައުލީމީ ދާއިރާ އާހަރުފަތަކަށް ގެންދެވޭނެ މަޝްރޫއެއް ކަމަށްވެސް ޑރ. ޝެހެނާޒް ވިދާޅުވިއެވެ.



ހަމައެއާއެކު ދިވެހިރާއްޖޭގައި ފަތުރުވެރިކަމުގެ ދާއިރާއިން ތަޢުލީމު ޙާސިލްކުރާ ދަރިވަރުންނަށް އަމަލީ ތަޖުރިބާ ހޯދުމުގެ ފުރުޞަތު ލިބި ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ތަޢުލީމީ ފެންވަރު ބައިނަލްއަޤްވާމީ މިންގަނޑުތަކާ ހަމަކުރާނެ ކަމަށްވެސް ޝެހެނާޒް ވަނީ ވިދާޅުވެފައެވެ.

"ޓްރެއިނިންގ ރިސޯޓަކީ ބައިނަލްއަޤްވާމީ ފެންވަރުގެ ޓްރެއިނިންގ މަރުކަޒަކަށް ހެދުމުން ދުނިޔޭގެ ކަންކޮޅުތަކުން ދަރިވަރުންނާއި ދިރާސާވެރިން އެ މަރުކަޒަށް އަންނާނެ ކަމަށް ބެލެވޭ." ޝެހެނާޒް ވިދާޅުވިއެވެ.

އޭގެ އިތުރުން ޝެހެނާޒް ވިދާޅުވީ މި މަޝްރޫޢުގެ ދަށުން ރިސޯޓު ތަރައްޤީ ކުރާނީ ހުޅިމެންދޫގެ ގުދުރަތީ ތިމާވެށި ރައްކާތެރި ކުރުމަށް އިސްކަންދީގެން ކަމަށެވެ. އަދި އެ ރިސޯޓުން އެސަރަހައްދުގެ ރައްޔިތުންނަށް ވަޒީފާގެ ފުރުޞަތުތަކާއި ވިޔަފާރީގެ ފުރުޞަތުތައް ތަނަވަސްކޮށްދެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން