ސީއެސްސީގެ ރައީސް އާއި އޭސީސީ އަދި އީސީގެ ނައިބުރައީސާއި ބައެއް މެންބަރުން ވަކި ކުރަން މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ.
އެގޮތުން މަޖިލީހުގެ މާދަމާގެ ޖަލްސާއަށް މަޖިލީހުގެ ރިޔާސަތުން ހުށަހަޅާ ކަންކަމުގެ ތެރޭގައި ހިމަނާފައިވާ އެއް ކަމަކީ ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހު އެ ކޮމިޝަންގެ މެންބަރުކަމުގެ މަގާމުން ވަކިކުރުމުމުގެ މައްސަލައެވެ.
އޭގެ އިތުރުން އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަލީ ނަޝާތާއި މެންބަރު މުހައްމަދު އާސިފާއި މެންބަރު ޑރ. މުހައްމަދު ޒާހިރު އެ ކޮމިޝަންގެ މެންބަރުކަމުގެ މަގާމުން ވަކިކުރުމުގެ މައްސަލަ ހުށައެޅުމަށްވެސް އެޖެންޑާ ކޮށްފައިވެއެވެ.
ހަމައެއާއެކު އެންޓި ކޮރަޕްޝަން ކޮމިޝަންގެ ނައިބުރައީސް އަބްދުއްސަލާމާއި މެންބަރު ތޯހާ މުހައްމަދު، އެ ކޮމިޝަންގެ މެންބަރުކަމުން ވަކި ކުރުމުގެ މައްސަލަ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 232 ވަނަ މާއްދާގެ (ށ)ގައިވާ ގޮތުގެމަތިން އެ މައްސަލަ ދާއިމީ ކޮމިޓީއަށް ފޮނުވުމަށް ވަނީ އެޖެންޑާ ކޮށްފައެވެ.
މަޖިލީހުގެ މާދަމާގެ ޖަލްސާއަށް މިކަންކަން އެޖެންޑާ ކޮށްފައިވާއިރު މިދިޔަ ހަފުތާގައި ބޭއްވި މިނިވަން މުވައްސަސާތަކާ ބެހޭ ކޮމިޓީގައި މި މެންބަރުން ވަކިކުރަން ކޮމިޓީއަށް ހުށައަޅަން މަޖިލީހުގެ ރިޔާސަތުގައި ދެންނެވުމަށް ފެންނަ ކަމަށް އެ ކޮމިޓީން ނިންމާފައިވާ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު