ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ހުސްވެފައިވާ ޖެނެރަލް ސެކްރެޓަރީގެ މަގާމަށް ނާހިލް އަހްމަދު ސިއްދީގު އައްޔަންކޮށްފި އެވެ.
އުމުރުން 23 އަަހަރުގެ ނާހިލް އެ މަގާމަށް އައްޔަނުކުރިކަން އެފްއޭއެމްގެ އޮފިޝަލަކު ރަސްއަށް ވަނީ ކަށަވަރުކޮށްދީފަ އެވެ.
ސެކެޓްރީ ޖެނެރަލްގެ މަގާމަށް އެފްއޭއެމުން ހުޅުވާލީ މިދިޔަ މަހުގެ ނުވަ ވަނަ ދުވަހު އެވެ.
ސެކެޓްރީ ޖެނެރަލްގެ މަސްއޫލިއްޔަތަކީ އެފްއޭއެމްގެ ޓޮޕް މެނޭޖްމަންޓާ ގުޅޭ ކަންކަން މެނޭޖުކުރުން ކަމަށް ބުނެފައިވެއެވެ. ނާހިލް ވަނީ ބިޒްނަސްގެ ދާއިރާއިން މާސްޓާސް ހާސިލުކޮށް އެފްއޭއެމްގެ ކޮމްޕެޓިޝަން ޑިޕާޓްމަންޓްގެ އިސް ވެރިޔާގެ މަގާމުވެސް ފުރުއްވައިފަ އެވެ.
ފާއިތުވި އަހަރުތަކުގެ ތެރޭގައި އެފްއޭއެމްގެ ހިންގުން އޮތީ ބޮއްސުންލައި ކޮރަޕްޝަންގެ ހާއްޔަކަށް ވެފަ އެވެ.
އެގޮތުން އެފްއޭއެމްގެ ފައިސާއިން އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ދެ އެޕާޓްމަންޓް ގަތް މައްސަލައިގައި މިހާރު އޮތީ ދައުވާ ކުރަންވެސް ފޮނުވައިފަ އެވެ.
އަދި ހުޅުމާލޭގައި ތަރައްގީ ކުރި ފުޓްބޯޅަ ދަނޑުތަކެއްގެ މަސައްކަތުގެ އަގު ދީފައިނުވާތީ ކޮރެއާ ކުންފުންޏަކަށް 3.3 މިލިއަން ޑޮލަރު ދޭން މިދިޔަ މަހު އެފްއޭއެމްގެ މައްޗަށް ވަނީ ހުކުމްކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު