އަހުޒަމް އަޙްމަދު   12 ނޮވެމްބަރު 2024 - 13:39
ވޭޕް--
ވޭޕް--
ރާއްޖޭގައި ވޭޕްގެ ބާވަތްތައް މަނާ ކުރުމަށް ހުށަހެޅި ބިލް މަޖިލީހުން ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން ހެންވޭރު އުތުުރު ދާއިރާގެ މެމްބަރު އަހުމަދު އައިފާން ހުށަހެޅުއްވި މި ބިލު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން މިއަދު ފާސްކުރީ 54 މެމްބަރުންގެ ވޯޓާއެކު އެވެ.

އެކަމަކު އަށް މެމްބަރަކު އެ ބިލަށް ވަކި ކޮޅަކަށް ވޯޓު ނުދެއްވި އެވެ.

ބިލުގައި ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނަށް މައިގަނޑު ތިން އިސްލާހެއް ގެންނަން ވަނީ ހުށަހަޅާފައެވެ. އެގޮތުން، މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ވޭޕް ބޭނުން ކުރުން މަނާކޮށް އަދި ދުންފަތުގެ ވިޔަފާރި ކުރެވޭނެ އެންމެ ހަގު އުމުރަކީ 21 އަހަރު ކަމަށް ހެދުމަށް ވަނީ ހިމަނާފައެވެ.

އޭގެ އިތުރުން، މި އަހަރުގެ ޑިސެންބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ވޭޕް ބޭނުންކުރުން މަނާކުރަން ވެސް ވަނީ ހިމަނާފައެވެ. އަދި މިގާނޫނާ ހިލާފުވާ ފަރާތްތަކަށް ބޮޑެތި ޖޫރިމަނާތައް ވެސް ބިލުގައި ވަނީ ހިމަނާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން