މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން--
މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން--
ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ބަހުސް މިރޭ 11 ޖަހަންދެން ކުރިއަށް ގެންދަން ނިންމައިފި އެވެ.

އަންނަ އަހަރަށް ހުށައަޅާފައިވާ 56.6 ބިލިއަން ރުުފިޔާގެ ބަޖެޓުގެ މަސައްކަތް މި މަހުގެ 20 އަށް ނިންމަން އޮތީ ކަނޑައަޅައިފަ އެވެ.

ބަޖެޓުގެ ބަހުސް އިއްޔެ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ފެށިއިރު މިއަދުވެސް އެ ބަހުސް ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރައީސް އަބްދުއް ރަހީމް އަބްދުﷲ ވިދާޅުވީ މިހާތަނަށް ހަ މެމްބަރަކު ބަޖެޓުގެ ބަހުސްގައި ވާހަކަ ދައްކަވާފައިވާ ކަމަަަށާއި އަދި އެއާއެކު ހުރިހާ މެމްބަރުންނަށް ބަހުސްގެ ފުުރުސަތު ދޭން ބޭނުންވެ ވަޑައިގަންނަވާ ކަމަށެވެ.

އެހެންވެ މިރޭ 11 އާ ހަމައަށް ބަޖެޓުގެ ބަހުސް ކުރިއަށް ގެންދަން އަބްދުއް ރަހީމް ހުށަހެޅުއްވި އެވެ.

އެ ނިންމުން މަޖިލީހުގެ ތަޅުމުން މިއަދު ފާސްކުރީ 52 މެމްބަރުންގެ ވޯޓާއެކު އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން