އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ހުށައަޅާފައިވާ ބަޖެޓަށް ބަހުސްކުރާނެ މެންބަރަކު ނެތުމުން މިއަދުގެ ބަޖެޓް ބަހުސް ނިންމާލައިފިއެވެ.
ބަހުސްކުރާނެ މެމްބަރުން ނެތިގެން ބަޖެޓު ބަހުސް މިއަދަށް ނިންމާލާފައިވާއިރު ބަޖެޓުގެ ބަހުސް މިރޭ 11 ޖަހަންދެން ކުރިއަށް ގެންދަން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ފާސްކޮށްފައެވެ. ނަމަވެސް ޖަލްސާ ނިންމާލާފައިވަނީ މެންދުރު 2 ޖެހުމުގެ ކުރިންނެވެ.
ޖަލްސާ ނިންމަވާލައްވަމުން މަޖިލީހުގެ ރައީސް އަބްދުއްރަޙީމް މިއަދު ވިދާޅުވީ ބަޖެޓަށް ބަހުސްކުރުމަށް އިތުރު މެންބަރަކު މިއަދުގެ ޖަލްސާގައި ފުރުސަތަށް އެދިފައި ނެތްކަމަށެވެ.
“އަޅުގަނޑު ގަސްތު ކުރަނީ ބަހުސް ނިންމާލުމުގެ ބަދަލުގަ މާދަމާ އަނެއްކާ ވެސް ބަހުސައިގެން ކުރިއަށް ދާން. މިއަދުގެ ޖަލްސާ މިހާ ހިސާބުން ނިންމާލަން.” ޖަލްސާ ނިންމަވާލައްވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވިދާޅުވިއެވެ.
ބަޖެޓުގެ ބަހުސް އިއްޔެ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ފަށާފައިވާއިރު އަންނަ އަހަރަށް ހުށައަޅާފައިވާ 56.6 ބިލިއަން ރުުފިޔާގެ ބަޖެޓުގެ މަސައްކަތް މި މަހުގެ 20 އަށް ނިންމަން މަޖިލީހުން ވަނީ ކަނޑައަޅައިފައެވެ.
އަދި ބަޖެޓް ދިރާސާ ކުރުމުގެ މަސައްކަތްވެސް މަޖިލީހުން މިހާރުވަނީ ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު