އަމިއްލަ ޖީބުންނާއި ދިރިއުޅޭ އެޕާޓްމަންޓުން މަސްތުވާތަކެތި ފެނިގެން 65 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ، ފެމޯރާގޭ، މުހައްމަދު ސަލީމް، 65، އަކީ މީގެ ކުރިންވެސް މަސްތުވާތަކެތީގެ މައްސަލައެއްގައި ކުށް ސާބިތުވެ އުމުރަށް ޖަލަށްލާން ހުކުމްކޮށްފައި ހުރި މީހެކެވެ.
އެގޮތުން އޭނާ އުމުރު ދުވަހަށް ޖަލަށް ލާން ހުކުމްކުރީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ޑައިމޯފިން ޓްރެފިކިން މައްސަލައަކާ ގުޅިގެން 2016 ގައެވެ. އަދި އެ ހުކުމާ އެކީ އޭނަ 100،000ރ. އިން ޖޫރިމަނާ ވެސް ކުރިއެވެ.
ޖީބުންނާއި އެޕާޓްމަންޓުން މަސްތުވާތަކެތި ފެނިގެން އޭނަ މިފަހަރު ހައްޔަރުކުރީ މި ހަފުތާގަ އެވެ. އަދި ސަލީމްގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައެވެ.
އޭނަގެ އަތުން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެތު އަދި ހެރޮއިން ފެނިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު