ކޮވިޑްގައި ރާއްޖެއަށް ލިބުނު އެހީގެ ތެރެއިން ހަތަރު ބިލިއަން ރުފިޔާއަށް ވީގޮތެއް ނޭނގޭ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ސަރުކާރަށް އަހަރެއް ފުރޭތީ "ހަފްތާ 52" ގެ ނަމުގައި ރޭ ދަޢުލަތުގެ މީޑިއާއިން ގެނެސްދިން ޕްރޮގްރާމްގައި މިނިސްޓަރު ސައީދު ވިދާޅުވީ ކޮވިޑްގެ ތެރޭގައި ބޭރުގެ އެހީގެ ގޮތުގައި 8.7 ބިލިއަން ރުފިޔާ ހިލޭ އެހީ ރާއްޖެއަށް ލިބުނު ކަމަށެވެ.
އަދި އެފައިސާ ހޭދަކުރި ގޮތަށް ބަލާލާއިރު ކުރީގެ ސަރުކާރުން ހަދާފައިވާ ރިޕޯޓުތަކުން އޭގެން ހަރަދުކުރީ 4.2 ބިިލިއަން ރުފިޔާކަން އެނގޭކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އެހެންކަމުން ބާކީ އޮތް އަނެއް ހަތަރު ބިލިއަން ރުފިޔާއަށް ވީ ގޮތާމެދު މިނިސްޓަރ ވަނީ ސުވާލު އުފައްދަވާފައެވެ.
"އަނެއް ހަތަރު ބިލިއަން ރުފިޔާއިން ތިޔަވިދާޅުވާ ފަދަ ކިތައް އިމާރާތް އެޅިފައިވޭތޯ. އަދި ކޮން ބައެއްގެ އެކައުންޓަށްތޯ ފައިސާ ދިޔައީ." މިނިސްޓަރު ވިދާޅުވި އެވެ.
އަދި އެ ފައިސާއަށް ހެދީ ކިހިނެއްތޯ ނުބެލޭކަމަށްވާނަމަ ރައްޔިތުންގެ އިތުބާރު ގެއްލިގެންދާނެ ކަމަށާއި އެހެންކަމުން އެކަމުގެ އޮޑިޓެއް މިހާރު ކުރަމުންދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މިހާރު ސިޔާސީ ގޮތުން މީހުން ޖަލަށް ނުލާނެކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވި ނަމަވެސް އެފަދަ ވައްކަންތައް ބެލެންޖެހޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު