ބަންކަރިންގެ ހިދުމަތް ރާއްޖޭގައި ފެށުން--
ބަންކަރިންގެ ހިދުމަތް ރާއްޖޭގައި ފެށުން--
މިދިޔަ ސެޕްޓެމްބަރު މަހު ރާއްޖޭގައި ބަންކަރިންގެ ހިދުމަތް ފެށިފަހުން މިހާތަނަށް 1.5 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ސަރުކާރަށް އަހަރެއް ފުރުމާ ދިމާކޮށް ރޭ ޕީއެސްއެމުން ގެނެސްދިން "ހަފްތާ 52" ޕްރޮގްރާމްގައި މިނިސްޓަރު ވިދާޅުވީ މިހާތަނަށް ރާއްޖޭގެ ތާރީހުގައި މި އަހަރު ފިޔަވައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހެއްދެވި ބަޖެެޓުގައި ޓުއަރިޒަމް ފިޔަވައި އެހެން ސިނާއަތަކުން މައިގަނޑު ގޮތެއްގައި އާމްދަނީ ލިބޭނެކަމަށް ބުނެފައި ނުވާ ކަމަށެވެ.

އެހެން ނަމަވެސް މިދިޔަ ސެެޕްޓެމްބަރު 18ގައި ބަންކަރިންގެ ހިދުމަތް ފެށިފައިވާ އިރު ދަތީގައި އެކަން ފަށައިގެންވެސް މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ރަނގަޅު އާމްދަނީއެއް ލިބުނު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މި އޮތް ދަތީގައިވެސް، އޮފް ޝޯ ޚިދުމަތެއްގެ ގޮތުގައި ފަށައިގެންވެސް ގާތްގަނޑަކަށް 1.5 މިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީއެއް މިހާރުވެސް އެސްޓީއޯ ހޯއްދަވައިފި. މިއީ ހަގީގަތަކީ." މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖޭގެ އުތުރުގައި ބަންކަރިންގެ ޚިދުމަތް ދޭނީ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގުޅިގެންނެވެެ. ބަންކަރިންގެ ހިދުމަތަށް ހާއްސަ އޮފީސް އިމާރާތް ހުންނާނީ ހއ. އުލިގަމުގަ އެވެ.

ރާއްޖޭގެ އުތުރުގައި ބަންކަރިން ހިދުމަތަށް ދެ ބޯޓު އެސްޓީއޯ އިން މިހާރު ވަނީ ގެނެސްފައެެވެ. އެއީ ގާތްގަނޑަކަށް 4،000 ޓަނުގެ ތެޔޮ އުފުލޭ "މެރިން ބެއްލާ" އާއި "މެރިން އެންޖެލް" އެވެެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން