ހައުސިންގ ލޯން ސްކީމްތަކަށް އެދި މަސްވެރިންނަށް ހުށައެޅޭނެ އިންތިޒާމް ހަމަޖައްސަވާފައިވާ ކަމަށް ގެދޮރުވެރިކަމާއި ބިމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރު މިއަދު ވިދާޅުވެއްޖެއެވެ.
ގެދޮރުވެރިކަމާ ބެހޭ ވުޒާރާ އާއި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. ހައިދަރު ވިދާޅުވީ ސަރުކާރުގެ ހައުސިންގ ލޯން ސްކީމްގެ ހުރިހާ ދާއިރާއަކުންވެސް މަސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ފުރުސަތު އޮންނާނެ ކަމަށެވެ.
އެގޮތުން މަސްވެރިންގެ ދަފްތަރުގައި ދަފްތަރުކޮށްފައިވާ ފަރާތްތަކަށް ހައުސިންގ ލޯނަށް ހުށައެޅޭނެ ކަމަށާއި، އަދި ކުރިއަށްއޮތް ތަނުގައި އެހެން ދާއިރާތަކަށްވެސް މި ފުރުސަތު ހުޅުވާލާނެކަމަށް ވަޒީރު މިއަދު ވިދާޅުވިއެވެ.
“ފަތުރުވެރިކަމުގެ ދާއިރާއާއި ދަނޑުވެރިކަމުގެ ދާއިރާގެ ފަރާތްތައްވެސް ބައިވެރިކުރުވުމަށް އަޅުގަނޑުމެން އޮތީ ކަނޑައަޅާފައި.” ޑރ. ހައިދަރު މިއަދު ވިދާޅުވިއެވެ.
ހައިދަރު މިހެން ވިދާޅުވެފައިވާއިރު ސަރުކާރުން މިހާރުވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދާއި އެއްގޮތަށް ބޯހިޔާވަހިކަމަށް ގެދޮރު އިމާރާތްކުރުމަށް ފަސް ޕަސެންޓް އިންޓަރެސްޓް ރޭޓުގައި ދޭ ލޯނު، ހިޔާވަހި ސްކީމް ތަޢާރަފް ކޮށްފައެވެ.
މި ސްކީމްގެ ބޭނުމަކީ ގެދޮރު ހަދަން ބޭނުންވެ ހަދަން ނުފެށިފައިވާ ފަރާތްތަކަށް ލޯނު ދޫކުރުމާއި، ހަދަން ފަށައި ނުނިމި ހުރި އިމާރާތްތައް ނިންމަން އެހީވުމާއި، މާލޭގައި ހިމެނޭ ކުދި ބިންތައް އެއްކޮށްލައިގެން ގެ ހަދަން މަގުފަހިކޮށްދިނުން ކަމަށް ހައުސިން މިނިސްޓްރީ އިން ބުނެއެވެ.
"ހިޔާވަހި ފައިނޭންސް ސްކީމް" ގައި ތިން ކެޓަގަރީއެއް ހިމެނޭއިރު، ހުރިހާ ރަށެއް ހިމެނޭ ގޮތަށް އެއް މިލިއަން ރުފިޔާގެ ލޯން ސްކީމަކާއި މާލެ ސަރަހައްދަށް ހަ މިލިއަން ރުފިޔާ އަދި އާބަން ސަރަހައްދުތަކަށް ތިން މިލިއަން ރުފިޔާގެ ލޯން މި ސްކީމްގެ ދަށުން ދޫކުރާ ގޮތަށް ވަނީ ނިންމާފައެވެ.
މި ސްކީމަށް އެޕްލައިކުރަންޖެހޭނީ ހިޔާވަހި ޕޯޓަލް މެދުވެރިކޮށެވެ. މި ސްކީމަށް ލޯނު ދޫކުރުމުގެ ގޮތުން އަންނަ އަހަރުގެ ބަޖެޓުގައި އެއް ބިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ.

ކިޔުންތެރިންގެ ހިޔާލު