ރައީސްގެ ވަޢުދުފުޅުތައް ހުރީ ލިޔެވިފައި ކަމަށާއި ބަޖެޓަކީ ޕާޓީ ކުދިން ރުއްސަން ގެންގުޅޭ ގިގުންޏެއް ނޫން ކަމަށް ކުޑަހުވަދޫ ދާއިރާގެ މެންބަރު ހުސައިން ޙަމީދު ވިދާޅުވެއްޖެއެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށައަޅާފައިވާ ބަޖެޓަށް ބަހުސް ކުރަށްވަމުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރު ޙުސައިން ޙަމީދު ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅުތަކަކީ ސިއްރެއް ނޫން ކަމަށެވެ. އަދި އެމަނިކުފާނުގެ ވަޢުދުފުޅުތައް ހުރީ ލިޔެވިފައި ކަމަށާއި އެއީ ހުރިހާ ރައްޔިތުންނަށް ފެންނަން އޮތް އެއްޗެއް ކަމަށް ޙަމީދު ވިދާޅުވިއެވެ.
މެންބަރު ޙަމީދު މިއަދު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގެ އަމާޒަކީ ރައީސްގެ ވަޢުދުތައް ފުއްދެވުން ކަމަށެވެ. އަދި އެވަޢުދުފުޅުތައް ފުއްދެވުމުން ރައްޔިތުންގެ ގިނަ ކަންބޮޑުވުންތަކަށް ޙައްލު ލިބިގެންދާނެ ކަމަށްވެސް މެންބަރު ޙަމީދު ވަނީ ވިދާޅުވެފައެވެ.
ބަޖެޓަކީ ޕާޓީ ކުދިން ރުއްސަން ގެންގުޅޭ ގިގުންޏެއް ނޫން ކަމަށާއި ހަމައެހެންމެ އެއީ ހަމައެކަނި ވެރިކަން ދިފާއުކުރަން ރައްޔިތުންގެ ލޮލުގައި އަޅުވާ އަދުނަކަަށް ވެގެން ނުވާނެ ކަމަށްވެސް މިއަދުގެ ޖަލްސާގައި ޙަމީދު ވިދާޅުވެފައިވެއެވެ.
“ބަޖެޓަކީ ދިވެހީންގެ އުއްމީދުތަކާއި، މާދަމާގެ ދަރިންގެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް ވެވޭ މަތިވެރި އިގުރާރެއް.” ކުޑަހުވަދޫ ދާއިރާގެ ޕީއެންސީ މެންބަރު ޙަމީދު މިއަދު ވިދާޅުވިއެވެ.
ޙަމީދު މިހެން ވިދާޅުވެފައިވާއިރު އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވަނީ 56.6 ބިލިއަން ރުުފިޔާގެ ބަޖެޓެކެވެ.

ކިޔުންތެރިންގެ ހިޔާލު