އެމްޑީޕީގެ ރައީސް ޝާހިދު
އެމްޑީޕީގެ ރައީސް ޝާހިދު
ސިޔާސީގޮތުން މެޑަލް ޖަހާލުމުގެ ބޭނުމުގައި ސިނާއަތެއް ފުނޑާލުމަކީ ރައްޔިތުންގެ ފަޅިއަށް އެރުން ނޫންކަމަށް ވިދާޅުވެ ބޭންކްތަކުން ޑޮލަރު މާރުކުރުން ލާޒިމުކުރާ ގަވާޢިދާ އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ދެކޮޅުހައްދަވައިފި އެވެ.

ބޭރުފައިސާ އާއި ބެހޭ ގަވާއިދާއި މަނީޗޭންޖިންގ ވިޔާފާރިއާއި ބެހޭ ގަވާއިދަށް ސަރުކާރުން ގެނައި ބޮޑެތި ބަދަލުތަކާއެކު ފަތުރުވެރިކަމުގެ ދާއިރާގެ މަދު ބަޔަކު އަންނަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ސަރުކާރުން ގެނައި ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް ބޮޑެތި ގެއްލުންތައް ވާނެކަމަށް އޭގެ ތެރެއިން ބައެއް ވިޔަފާރިވެރިން ދަނީ ބުނަމުންނެވެ.

މިކަމާއި ގުޅިގެން ޝާހިދު މިއަދު އެކްސްގައި ވިދާޅުވީ، ބޭރުފައިސާއާއި ބެހޭ ގަވާއިދާއި މަނީޗޭންޖިންގ ވިޔަފާރިއާއި ބެހޭ ގަވާއިދަށް ބަދަލުތައް ގެނައުމުގައި ކަމާއި ގުޅުންހުރި ފަރާތްތަކާއި މަޝްވަރާ ނުކޮށް ކަންކަން ކުރަން އުޅުމުން ފެންނަނީ އެންމެ ބޮޑު ސިނާއަތަށް ބޮޑެތި ގެއްލުންވާ މަގަށް ކަންކަން ދާތަން ކަމަށެވެ.

‏ޝާހިދު ވިދާޅުވީ، އިގުތިސާދުގެ މައިބަދައަކީ ކޮންމެ ގައުމެއްގައި ވެސް ރައްޔިތުންގެ ތެރެއިން އުފެދިގެންއަންނަ ވިޔަފާރިތައް ކަމަށްވާއިރު ސަރުކާރުތަކުން ވިޔަފާރިއާއި ގުޅުންހުރި ސިޔާސަތުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަންވާނީ ކުދިއަދި މެދުފަންތީގެ ވިޔަފާރިތަކާއި ބޮޑެތި ވިޔަފާރިތަކަށް ގެއްލުން ނުވާނެގޮތަށް ކަމަށް ދެކިވަޑައިަންނަވާ ކަމަށެވެ. އެހެންކަމުން އެފަރާތްތަކާއި މަޝްވަރާކޮށް ގޮތްނިންމުމަކީ އެންމެ ރަނގަޅުގޮތްކަމަށް ވެސް ޝާހިދު ވަނީ ވިދާޅުވެފައެވެ.

‏އަދި ސިޔާސީގޮތުން ވަގުތީ މެޑެއްޔެއް ޖަހާލަން ސިނާއަތެއް ފުނޑާލުމަކީ އަދި ރައްޔިތުންގެ ފަޅިއަށް އެރުނީއެއްނޫން ކަމަށް ވިދާޅުވެ ޝާހިދު ވަނީ މަޝްވަރާގެ މަގު އިސްކުރުމަށް ސަރުކާރަށް ގޮވާލައްވާފައެވެ.



ޝާހިދު މިހެން ވިދާޅުވެފައިވާއިރު، މި މައްސަލާގައި ބޮޑެތި ބައެއް ވިޔަފާރިވެރިން ދެކޮޅު ހަދާތީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ، ގައުމުގެ އިގުތިސާދު ރަނގަޅުކުރަން ރައްޔިތުންގެ ފަޅީގައި ހުންނަވައިގެން ކުރަންޖެހޭ ކަންކަން ކުރައްވާނެކަމަށް ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން