އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ހުށައެޅި ބަޖެޓު ފޮތް
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ހުށައެޅި ބަޖެޓު ފޮތް
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ހުށައެޅި ބަޖެޓުގައި އިޖުތިމާއީ ރައްކާތެރިކަމަށް 3.9 ބިލިއަން ރުފިޔާ ކަނޑައަޅައިފިއެވެ.

ސަރުކާރުން މަޖިލީހަށް ހުށައަޅާފައިވާ 56.6 ބިލިއަން ރުފިޔާގެ ބަޖެޓުގައި ޖުމްލަ ހަރަދުގެ ގޮތުގައި ލަފާކޮށްފައިވަނީ 49.2 ބިލިއަން ރުފިޔާއެވެ. އޭގެ ތެރެއިން 35.9 ބިލިއަން ރުފިޔާއަކީ ރިކަރަންޓް ހަރަދެވެ. އަދި ކެޕިޓަލް ހަރަދަކީ 13.3 ބިލިއަން ރުފިޔާއެވެ.

މި ބަޖެޓުގައި އިޖުތިމާއީ ރައްކާތެރިކަމަށް 3.9 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު މިއީ މިއަހަރަށްވުރެ، 1.1 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ. މިއަހަރު އިޖުތިމާއީ ރައްކާތެރިކަމަށް ކަނޑައަޅާފައިވަނީ 2.8 ބިލިއަން ރުފިޔާއެވެ.

އިޖުތިމާޢީ ރައްކާތެރިކަމުގެ ދާއިރާއިން އެންމެ ބޮޑު ހޭދައެއް ކުރުމަށް ސަރުކާރުން ކަނޑައަޅާފައިވަނީ ޢުމުރުން ދުވަސްވީ ފަރާތްތަކަށެވެ. އެގޮތުން އެދާއިރާއިން 1.4 ބިލިއަން ރުފިޔާ ހިމަނާފައިވާއިރު ކުޑަކުދިންނާއި އާއިލާތަކަށް ދޭ އެހީގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވެއެވެ.

އޭގެއިތުރުން ބަލިމީހުންނާއި ހާއްސައެހީއަށް ބޭނުންވާ ފަރާތްތަކަށް ބަޖެޓްގައި 1 ބިލިއަން ރުފިޔާ ވަނީ ޚާއްސަ ކޮށްފައެވެ.

އަންނަ އަހަރުގެ ބަޖެޓުގައި އެންމެ ބޮޑު ހޭދައެއް ކުރަން ނިންމާފައިވަނީ ބޯހިޔާވަހިކަމަށެވެ. އެގޮތުން އެދާއިރާއިން 4.8 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު ބޯހިޔާވަހިކަމުގެ އެކި މަޝްރޫޢުތައް މުޅި ރާއްޖޭގައި ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން