ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ ބިދޭސީން ހޯދައި އެމީހުން ޑީޕޯޓުކުރުމުގައި މި ސަރުކާރުން ރެކޯޑް ހަދާފައިވާ ކަމަށް އިމިގްރޭޝަން ކޮންޓްރޯލަރ މުހައްމަދު ޝަމްއާން ވަހީދު ވިދާޅުވެއްޖެ އެވެ.
މި ސަރުކާރަށް އެއް އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން ޝަމްއާން މިއަދު އެކްސްގައި ވިދާޅުވީ 17 ނޮވެމްބަރ 2023 އިން ފެށިގެން މިއަދާ ހަމައަށް ފާއިތުވި އެއް އަހަރުގެ ތެރޭގައި ގަވާއިދާ ޚިލާފަށް އުޅޭ 5000 ބިދޭސީން ފުރުވާލުމުގެ ޓާގެޓް ހާސިލުކުރެވިފައިވާ ކަމަށެވެ.
އަދި މިއީ އިމިގްރޭޝަންގެ ތާރީހުގައި ވެސް ރެކޯރޑް އަދަދެއްކަމަށް ޝަމްއާން ވިދާޅުވި އެވެ.
"މިކަމުގައި އިމިގްރޭޝަނަށް އެހީތެރިވެދެއްވި އެންމެހާ ފަރާތްތަކަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވަން. ހާއްސަކޮށް ފުލުހުންނާއި ހޯމް މިނިސްޓްރީ." ޝަމްއާން ވިދާޅުވި އެވެ.
ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ގިނަވެ، ބިދޭސީންގެ މައްސަލަތައް ހައްލު ކުރުމަށް އިމިގްރޭޝަނުން މިހާރު ދަނީ ބިދޭސީންގެ ބަޔޯ މެޓްރިކް ޑޭޓާވެސް ނަގަމުން ނެވެ. އެ މަސައްކަތް އަންނަ އަހަރު ކުރީކޮޅު ނިންމާލެވޭނެ ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފަ އެވެ.
އަދި ގަވާއިދާއި ހިލާފަށް ކުރާ ބިދޭސީ ވިޔަފާރިތައް ހުއްޓުވުމަށް ވެސް އިމިގްރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ގަވައިދާ ހިލާފަށް ވިޔަފާރިކުރާ ގިނަ އަދަދެއްގެ ބިދޭސީން މިހާތަނަށް އަތުލައިގެންފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު