އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ލިމިޓެޑް (އެސްޑީއެފްސީ) އިން ނަގާފައިވާ ލޯނުތައް ދެއްކުން މި އަހަރުގެ ނިޔަލަށް ފަސްކޮށްދޭން ނިންމައިފި އެވެ.
އިޤްތިޞާދީ ވަޒީރު ފައްޔާޒް އިސްމާޢީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކޯވިޑް-19 އާ ގުޅިގެން އެސްޑީއެފްސީން ދޫކޮށްފައިވާ ލޯންތަކަށް ދީފައިވާ ލުއިގެ މުއްދަތު މި އަހަރުގެ ނިޔަލަށް އިތުރު ކުރަން ބޭނުންވާ ފަރާތްތަކަށް އެ ލުއިދިނުމަށް ނިންމާފައިވާތީ އެކަމަށް ޝުކުރު ދަންނަވާ ކަމަށެވެ. އަދި އެހެން ބޭންކްތަކުން ވެސް މިފަދަ ބަދަލުތަކެއް މި ދަނޑިވަޅުގައި ގެންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
ކޯވިޑް-19 އާއި ގުޅިގެން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ދިމާވެފައިވާ މާލީ ދަތިތަކުން އަރައިގަތުމަށް "ކޯވިޑް-19 ވިޔަފާރި އެހީ" ގެ ނަމުގައި ފިނޭންސް މިނިސްޓްރީ އާއި ގުޅިގެން އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ތައާރަފުކުރި ލޯނުގެ ގޮތުގައި ދޫކުރަން ނިންމާފައިވަނީ ގިނަވެގެން 500000 ރުފިޔާއެވެ.
ސަރުކާރުން ރިލީފް ޕެކޭޖެއް އިޢުލާނުކޮށްފައިވަނީ، ކޯވިޑް-19 އާއި ގުޅިގެން ރާއްޖެއަށް ޢާމްދަނީ ލިބުމަށް ހުރި މަގުތައް ބަންދުވެ، ރާއްޖެއާއި މުޅި ދުނިޔޭގެ އިގްތިސޯދުވެސް ބޮޑު ވަޅުގަނޑަކަށް ވެއްޓުމާއި ގުޅިގެންނެވެ. އެގޮތުން ރާއްޖޭގައިވެސް ގިނަ ބައެއްގެ ވަޒީފާ ގެއްލި ޢާމްދަނީ ލިބޭނޭ ގޮތެއް ނެތި ގިނަބައެއްގެ ދިރިއުޅުމަށްވަނީ ބޮޑު ހީނަރުކަމެއް ކުރިމަތި ވެފައެވެ.
އެހެންކަމުން އެފަދަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ވަނީ، ރާއްޖޭގެ ބޭންކްތަކާއި ގުޅިގެން، ޢާއްމު ރައްޔިތުން ކުރިން ނަގާފައިވާ ލޯނުތައް 6 މަސް ދުވަހަށް ފަސްކުރެވޭނެ ގޮތަށް މޮރިޓޯރިއަމް ސްކީމެއް ތަޢާރަފްކޮށްފައެވެ. އަދި ވަޒީފާއަށް ނޭދެވޭ އަސަރު ކޮށްފައިވާ ފަރާތްތަކަށް އިންކަމް ސަޕޯޓް އެލަވަންސެއްގެ ގޮތުން 5000 ރުފިޔާގެ އެލަވަންސެއް މިހާރު ވަނީ ފޯރުކޮށްދޭން ފަށާފައެވެ.

Thank you @SDFC_mv for the decision to extend the moratorium on all loans till end of the year for all those who wish to do so. I hope bigger banks will follow suit in this unprecedented situation and bring heart to banking.
— Fayyaz Ismail (@faya_i) August 27, 2020
ކޯވިޑް-19 އާއި ގުޅިގެން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ދިމާވެފައިވާ މާލީ ދަތިތަކުން އަރައިގަތުމަށް "ކޯވިޑް-19 ވިޔަފާރި އެހީ" ގެ ނަމުގައި ފިނޭންސް މިނިސްޓްރީ އާއި ގުޅިގެން އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ތައާރަފުކުރި ލޯނުގެ ގޮތުގައި ދޫކުރަން ނިންމާފައިވަނީ ގިނަވެގެން 500000 ރުފިޔާއެވެ.
ސަރުކާރުން ރިލީފް ޕެކޭޖެއް އިޢުލާނުކޮށްފައިވަނީ، ކޯވިޑް-19 އާއި ގުޅިގެން ރާއްޖެއަށް ޢާމްދަނީ ލިބުމަށް ހުރި މަގުތައް ބަންދުވެ، ރާއްޖެއާއި މުޅި ދުނިޔޭގެ އިގްތިސޯދުވެސް ބޮޑު ވަޅުގަނޑަކަށް ވެއްޓުމާއި ގުޅިގެންނެވެ. އެގޮތުން ރާއްޖޭގައިވެސް ގިނަ ބައެއްގެ ވަޒީފާ ގެއްލި ޢާމްދަނީ ލިބޭނޭ ގޮތެއް ނެތި ގިނަބައެއްގެ ދިރިއުޅުމަށްވަނީ ބޮޑު ހީނަރުކަމެއް ކުރިމަތި ވެފައެވެ.
އެހެންކަމުން އެފަދަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ވަނީ، ރާއްޖޭގެ ބޭންކްތަކާއި ގުޅިގެން، ޢާއްމު ރައްޔިތުން ކުރިން ނަގާފައިވާ ލޯނުތައް 6 މަސް ދުވަހަށް ފަސްކުރެވޭނެ ގޮތަށް މޮރިޓޯރިއަމް ސްކީމެއް ތަޢާރަފްކޮށްފައެވެ. އަދި ވަޒީފާއަށް ނޭދެވޭ އަސަރު ކޮށްފައިވާ ފަރާތްތަކަށް އިންކަމް ސަޕޯޓް އެލަވަންސެއްގެ ގޮތުން 5000 ރުފިޔާގެ އެލަވަންސެއް މިހާރު ވަނީ ފޯރުކޮށްދޭން ފަށާފައެވެ.
ކިޔުންތެރިންގެ ހިޔާލު