މަޖިލީހުގެ ނާއިބު ރައީސް އަހުމަދު ނާޒިމް
މަޖިލީހުގެ ނާއިބު ރައީސް އަހުމަދު ނާޒިމް
އާސަންދަ ހިދުމަތަށް އާ ކުންފުންޏެއް ހަދަން ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަހުމަދު ނާޒިމް ގޮވާލައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނާޒިމް ވިދާޅުވީ މާލިއްޔަތު ކޮމިޓީން އާސަންދައިގެ ކަންކަން ބެލިއިރު އާސަންދައިގެ ކަންކަން އޮތީ ރިފޯމް ނުކުރެވޭ ވަރަށް ގޯސްވެފައި ކަމަށެވެ.

އަދި އަސްލު ކެންސަރު ޖެހިފައިވަނީ އާސަންދައަށް ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.

އެހެންކަމުން އާސަންދައާ މެދު އެހެން ވިސްނުމެއް ގެންގުޅެން ޖެހޭ ކަމަށް ނާޒިމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެއާ މޯލްޑިވްސްއާ ދެން އެހެން ކުންފުނިތައް ވެސް ދޫކޮށްލި ފަދައިން އާސަންދަ ދޫކޮށްލާފައި އަލުން ބަލުން ފަށަންވީ ކަމާ ދޭތެރޭ ވަރަށް ފުންކޮށް ވިސްނަން އެބަ ޖެހޭ." ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ އާސަންދަ ކުންފުންޏާ ބޭރުގެ ހޮސްޕިޓަލުތަކާ ދެމެދު ހަދާފައިވާ ކޮންޓްރެކްޓްތަކުގައި މެދުވެރިއަކު އުޅޭކަން މިހާރު ޔަގީން ކުރެވިފައިވާ ކަމަށެވެ. އޭގެ ސަބަބެއްގެ ގޮތުގައި ނާޒިމް ދެއްކެވީ އެ ހޮސްޕިޓާތަކުން ޗާޖުކުރާ އަގުތައް އިންތިހާއަށް ބޮޑުވެފައި ގަބޫލުކުރަން ދަތި އަގުތަކަކަށް ވުން ކަމުގައި ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ އެއްވެސް ބަޔަަކަށް ބައި އެޅޭ ގޮތަށް ހަދާފައި ތިބި އެގްރިމަންޓްތަކެއްގެ މަތީގައި މި ސަރުކާރުން ތިބެން ނުޖެހޭ ކަމަށެވެ.

"އަޅުގަނޑުމެން އާ ކުންފުންޏެއް ހަދާފަ ނަމަވެސް އެ އެގްރިމަންޓްތަކާ ވަކިވެ އަޅުގަނޑުމެން އެބަ ޖެހޭ އާސަންދަ ހަމަ މަގަަށް އަޅުވަން." ނާޒިމް ވިދާޅުވި އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން