ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ މެމްބަރަކު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ބްރޯޑްކޮމްގެ މެމްބަރުންގެ ގޮތުގައި ފަސް މެމްބަރުން ތިއްބަވާއިރު ދެ މެމްބަރެއްގެ ދައުރު އަންނަ މަހު ހަމަވާނެ އެެވެ. އެއީ ބްރޯޑްކޮމްގެ ރައީސް، މެމްބަރު މަރިޔަމް ވަހީދާ އަދި މެމްބަރު އަލީ ޔޫސުފް އެވެ.
އެކަމާ ގުޅިގެން ރައީސް އޮފީހުން މިއަދު ކުރި އިއުލާނެއްގައި ބުނީ ބްރޯޑްކޮމްގެ ދެ މެމްބަރުންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން މި މަހުގެ 26 ވަނަ ދުވަހާ ހަމައަށް ހުޅުވާލައިފައިވާ ކަމަށެވެ.
އެ މަގާމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި މުސްލިމަކު ކަމުގައިވުމާއެކު އުމުރުން 18 އަހަރު ފުރި ކޮމިއުނިކޭޝަނާއި ބްރޯޑްކާސްޓްކުރުމުގެ ދާއިރާގައި މާލީ މަސްލަޙަތެއް އޮތް މީހަކު ކަމުގައި ނުވުން ހިމެނެ އެވެ.
އެ މަގާމަށް ކުރިމަތިލާއިރު ދަރަނީގެ ރެކޯޑްއާއި އަދި ވަނަވަރު ވެސް ހުށަހަޅަން ޖެހޭނެ އެވެ.
ރައީސް އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމަށް އެދޭ ފޯމާއި އެހެނިހެން ލިޔުންތައް ހުށަހަޅަން ޖެހޭނީ މިކަމަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި، ރަސްމީ ބަންދުދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 އިން މެންދުރު 12:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު