އަހުޒަމް އަޙްމަދު   19 ނޮވެމްބަރު 2024 - 11:16
މަޖިލިސް--
މަޖިލިސް--
އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބެޖެޓުގެ ބަހުސް މިއަދު ނިންމާލަން އަމާޒު ކަނޑައަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރަައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މިއަދު 09:30ގެ ކުރިން ބަޖެޓު ބަހުސްގައި ބައިވެެރިވާން އެދިވަޑައިގަންނަވާ ހުރިހާ ބޭފުޅުންނަށް ވެސް އެ ފުރުސަތު ދެއްވާނެ ކަމަށެވެ.

އަދި މިއަދު ބަޖެޓު ނިންމާލަން ގަސްދުކުރައްވާ ކަަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ބަޖެޓު ހުށަހެޅުއްވީ މިދިޔަ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހު އެވެ. އަދި ބަޖެޓުގެ ބަހުސް މަޖިލީހުގައި ފެށީ މިދިޔަ އަންގާރަ ދުވަހު އެވެ. ބަޖެޓު ދިރާސާކުރުމުގެ މަސައްކަތް މާދަމާ އަށް ނިންމަން ބަޖެޓު ކޮމިޓީން މި މަހުގެ ހަތަރު ވަނަ ދުވަހު އޮތީ ފާސްކޮށްފަ އެވެ.

އެހެން ނަމަވެސް އަދިވެސް ބަޖެޓުގެ ތަފްސީލުތައް ނޭނގޭތީ ބައެއް މެމްބަރުން ދަނީ ކަންބޮޑުުވުން ފާޅުކުރައްވަމުން ނެވެ.

އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވަނީ 56.6 ބިލިއަން ރުފިޔާގެ ބެޖެޓެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން