ޕީއެންސީ މެމްބަރު އަޙްމަދު ނަސީރު
ޕީއެންސީ މެމްބަރު އަޙްމަދު ނަސީރު
ސަރުކާރަށް އެއް އަހަރު ވީއިރު ރައްޔިތުން ތިބީ ވަރަށް ބޮޑަށް މާޔޫސްވެފައި ކަމަށް އިހަވަންދޫ ދާއިރާގެ ޕީއެންސީ މެންބަރު އަޙްމަދު ނަސީރު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށައަޅާފައިވާ ބަޖެޓަށް ބަހުސް ކުރަށްވަމުން މެންބަރު ނަސީރު ވިދާޅުވީ އުއްމީދުތަކެއްގެ އަލީގައި މި ސަރުކާރު ގެނައި ގިނަ އަދަދެއްގެ ރައްޔިތުން މިހާރުތިބީ މާޔޫސްކަމެއްގައި ކަމަށެވެ.

"އެއް އަހަރުވެގެން ދިޔައިރު ގިނަ ދާއިރާތަކެއްގެ ރައްޔިތުންގެ އިހުސާސްތައް ހުރީ ވަރަށް ބޮޑަށް މާޔޫސްވެ ކަންބޮޑުވެފައި." ނަސީރު މިއަދު ވިދާޅުވިއެވެ.

ނަސީރު ވިދާޅުވީ މިދިޔަ އަހަރެއްހާ ދުވަހު ސަރުކާރުން ކުރި މަސައްކަތެއް އޮތްނަމަ އެކަމެއް ރައްޔިތުންނަށް ކިޔައިދޭން ޖެހޭ ކަމަށެވެ. އަދި ދިމާވެފައިވާ މައްސަލަތައް ދާއިރާތަކުގެ ރައްޔިތުންނާ ހަމައަށް ގެންގޮސްދޭންޖެހޭ ކަމަށްވެސް ނަސީރު ވިދާޅުވިއެވެ.

ހަމައެއާއެކު ނަސީރު ވަނީ ސަރުކާރަށް ދިމާވެފައިވާ މައްސަލަތައް ރައްޔިތުންނަށް ސާފުނޫން ކަމަށެވެ.

ވެރިކަންކުރާ ޕީއެންސީއަށް ނިސްބަތްވާ މަޖިލީހުގެ މެންބަރަކު މިހެން ވިދާޅުވެފައިވާއިރު އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ހުށައަޅާފައިވާ ބަޖެޓުގައި ދާއިރާތަކަށް ކުރާނެ ޚަރަދުގެ ތަފްސީލް ނެތުމުން ބައެއް މެންބަރުން ވަނީ އެކަމާ ހިތްހަމަނުޖެހުން ފާޅު ކުރަށްވާފައެވެ.

ސަރުކާރުން މަޖިލީހަށް ހުށައަޅާފައިވާ 56.6 ބިލިއަން ރުފިޔާގެ ބަޖެޓުގައި ޖުމްލަ ހަރަދުގެ ގޮތުގައި ލަފާކޮށްފައިވަނީ 49.2 ބިލިއަން ރުފިޔާއެވެ. އޭގެ ތެރެއިން 35.9 ބިލިއަން ރުފިޔާއަކީ ރިކަރަންޓް ހަރަދެވެ. އަދި ކެޕިޓަލް ހަރަދަކީ 13.3 ބިލިއަން ރުފިޔާއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން