މިސަރުކާރުގެ ފުރަތަމަ އަހަރުގެ ތެރޭގައި ދެ ބިލިއަން ރުފިޔާއާ ގާތްކުރާ 38 މަޝްރޫއު ނިންމާލާފައި ވާނެކަމަށް ޢިމާރާތް ކުރުމާއި ބިނާރާބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
ބިނާރާބެހޭ ވުޒާރާއިން ބުނީ މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ގދ. ތިނަދޫ މަގު ހެދުމުގެ މަޝްރޫއު އާއި، ނ. މާފަރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު އެއްކޮށް ނިމިފައިވާ ކަމަށެވެ. ހަމައެއާއެކު މ. މުލި، އއ. މާޅޮސް، އއ. ތޮއްޑޫ އަދި އދ. ފެންފުށީގެ ބަނދަރު ހެދުމުގެ މަޝްރޫއު ވެސް ނިމިފައިވާ ކަމަށް އެ ވުޒާރާއިން ހާމަކޮށްފައިވެއެވެ.
އޭގެ އިތުރުން ޖުމްލަ 11 ރަށެއްގެ ބިން ހިއްކުމުގެ މަޝްރޫއު ވެސް ނިންމާލާފައިވާ ކަމަށާއި ފެނާއި ނަރުދަމާގެ ޖުމްލަ 29 މަޝްރޫއުއެއް މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ނިމިފައިވާއިރު އަންނަ މަހުގެ ނިޔަލަށް އިތުރު 26 މަޝްރޫއު ނިމޭނެ ކަމަށް ވެސް އެވުޒާރާއިން މަޢުލޫމާތު ދީފައިވެއެވެ.
ކުރީ ސަރުކާރުން ފެށި ތިލަމާލެ ބްރިޖުގެ މަސައްކަތުގެ 46.6 އިންސައްތަ ނިމިފައިވާ ކަމަށާއި، ގުޅީފަޅު ހިއްކުމުގެ މަސައްކަތް ވެސް އެއްކޮށް ނިމިފައިވާ ކަމަށް ބިނާރާބެހޭ ވުޒާރާއިން ވަނީ ފާހަގަ ކޮށްފައެވެ.
މި ސަރުކާރުގެ ފުރަތަމަ އަހަރު ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމުގައި ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް އެކަށީގެންވާ ބަޖެޓް ނެތުންކަމަށްވެސް ޢިމާރާތް ކުރުމާއި ބިނާރާބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު