އިޒްރޭލުގެ ޕާސްޕޯޓު މަނާކޮށްގެން ރާއްޖެއަށް ވާނީ ފައިދާތޯ ނުވަތަ ގެއްލުންތޯ ވިސްނަން ޖެހޭ ކަމަށް ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ ވިދާޅުވެއްޖެއެވެ.
މެމްބަރު ސައުދުﷲ މިހެން ވިދާޅުވީ އިޒްރޭލުގެ ޕާސްޕޯޓު އަވަހަށް މަނާ ކުރުމަށް ގޮވާލާ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް މަޖިލީހަށް މިއަދު ހުށައެޅުއްވި ގަރާރަށް ބަހުސް ކުރަށްވަމުންނެވެ.
ޤަރާރުގެ ބަހުސްގައި މެންބަރު ސަޢުދު ވިދާޅުވީ ރާއްޖޭގެ ހާލަތު މިއަދު އޮތީ އެހެން އެއްވެސް ޤައުމަކާއި ނުވަތަ އެ ޤައުމެއްގެ ރައްޔިތަކާ ޖެހިގަނެގެން އުޅޭ ހާލަތެއްގައި ނޫން ކަމަށެވެ. އެހެންކަމުން އިޒްރޭލުގެ ޕާސްޕޯޓު މަނާކޮށްގެން ރާއްޖެއަށް ވާނީ ފައިދާތޯ ނުވަތަ ގެއްލުންތޯ ވިސްނަން ޖެހޭ ކަމަށް މެންބަރު ސަޢުދު މިއަދު ވިދާޅުވިއެވެ.
ދިވެހިންނަކީ ފަލަސްތީނުގެ ރައްޔިތުންނާއި ދީނީ ގޮތުން އެއްބަނޑު އެއްބަފާ ބައެއް ކަމަށާއި، ނަމަވެސް ފަލަސްތީނުގެ ވަށައިގެން އޮތް އަރަބި ގައުމު ތަކަކީ އާއިލީ ގޮތުންވެސް، ދަރިފަސްކޮޅުގެ ގޮތުންވެސް ފަލަސްތީނުގެ ރައްޔިތުންނާއި މާ ގާތް ބައެއް ކަމަށް ސައުދުﷲ ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް ވުރެ މާ މުއްސަނދި މާ ފުދުންތެރި އަދި ފަލަސްތީނު ރައްޔިތުންނާއި އެހާ ގާތްބަޔަކު ނާޅާ ފިޔަވަޅެއް އަޅާއިރު އަޅުގަނޑުމެންގެ ރައްޔިތުންނާއި މެދުވެސް ވިސްނަންޖެހޭ." ސައުދު ވިދާޅުވިއެވެ.
އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެ ނުވެވޭ ގޮތަށް އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހަށް ބިލެއް ހުށަހެޅުއްވީ އެމްޑީޕީގެ ފަރާތުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމެވެ. މީކާއިލް މަޖިލީހަށް ހުށަހެޅުއްވީ ދިވެހިރާއްޖޭގެ އިމިގްރޭޝަން ގާނޫނުގެ އެއްވަނަ މާއްދާގެ (ހ) ގެ ހަތް ވަނަ ނަމްބަރުގެ ފަހަތަށް ނަމްބަރެއް އިތުރު ކުރުމަށެވެ.
މެންބަރު މުޙައްމަދު އިބްރާހީމް މިއަދު ހުށައެޅުއްވި ގަރާރުގައި ބުނެފައިވަނީ މީކާއީލް ހުށައެޅުއްވި އިސްލާހު ކޮމިޓީ މަރުހަލާގައި އޮންނަތާ 4 މަހަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށެވެ. އަދި މަޖިލީހުގެ ފުރިހަމަ އަޣުލަބިއްޔަތު އޮތީ ސަރުކާރު ހިންގާ ޕާޓީއަށް ކަމަށްވުމާއެކު، ސަރުކާރުން އެ ހިނދަކަށް ބޭނުންވާ ކަމެއް ބޭނުންވާ ގޮތަށް މަޖިލީހުގެ ތެރެއިން ނިންމަވަމުން ގެންދަވާ ކަމަށެވެ.
އެހެންކަމުން އެބިލު ވީހާވެސް އަވަހަށް މަޖިލީހުން ފާސްކުރުމަށް ބާރުއަޅައިދިނުމަށް ޤަރާރުގައި ވަނީ ސަރުކާރަށް ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު