އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު--
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު--
އެއް ދުވަހުން ގާނޫނު އަސާސީ އިސްލާހުކުރަން އުޅޭތީ އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭގޮަތަށާއި އަދިި މަޖިލީހުގެ ޖުމްލަ އަޣުލަބިއްޔަތުން ފާސްކޮށްގެން ނޫން ގޮތަށް ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ބޭރުގެ ސިފައިން ނުތިބެވޭ ގޮތް ހަދަން ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ހުށައެޅުއްވި ބިލު މަޖިލީހުގެ ތަޅުމުން ބަލައިގަނެ އެ ބިލު ހަމަ މިއަދު ވަނީ މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮޮނުވަައިފަ އެވެ.

އެކަމާ ގުޅިގެން ޝާހިދު އެކްސްގައި މިއަދު ވިދާޅުވީ ކުއްލިއަކަށް ތެޅިފޮޅި ގަނެގެން އެ ބިލު މަޖިލީހަށް ވެއްދުމުން ސުވާލު އުފެދޭ ކަމަށެވެ.

އަދި އެއް ދުވަހުން އެ ބިލުގެ މަސައްކަތް ނިންމާލުމަށް އުޅުމަކީ ކަންބޮޑުވާ ކަމެއް ކަަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

އެހެންކަމުން ގާނޫނު އަސާސީއަށް ބަދަލުގެންނަ އިރު ޑިމޮކްރެޓިކް އުސޫލުތަކާއި އާންމުންގެ އިތުބާރު ނެގެހެއްޓުމަށް ދެފުށް ފެންނަ ގޮތަށް ކަންކަން ކުރިއަށް ގެންދަން އޭނާ ގޮވާލެއްވި އެވެ.

ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭގޮތަށް ހަދަން ސަރުކާރުން މި ހުށަހެޅީ މިހާރު އޮންނަ އެންޓި ޑިފެކްޝަން ގާނޫނުގައި ގޮނޑި ގެއްލޭނެ ގޮތަށް އޮންނަ މާއްދާ އުވާލަން އާންމުންގެ މީހަކު ހައި ކޯޓަށް މައްސަލަވެސް ހުށަހަޅާފައި ވަނިކޮށެެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން