ގާނޫނު އަސާސީއަށް ގެންނަ އިސްލާހުތައް ފާސްކުރަން މިއަދު ހަވީރު މަޖިލީހުގެ ޖަލްސާއެއް ބާއްވަން ނިންމައިފި އެވެ.
ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭގޮަތަށާއި އަދިި މަޖިލީހުގެ ޖުމްލަ އަޣުލަބިއްޔަތުން ފާސްކޮށްގެން ނޫން ގޮތަކަށް ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ބޭރުގެ ސިފައިން ނުތިބެވޭ ގޮތް ހަދަން ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ހުށައެޅުއްވި ބިލު މަޖިލީހަށް ހުށަހަޅައި ހަމަ މިއަދު އެ ބިލު ވަނީ މުޅި މަޖިލީހުގެ ކޮމިޓީއަކުން ފާސްކޮށްފަ އެވެ.
އެހެންވެ މުޅި މަޖިލީހުން އެ އިސްލާހުތައް ފާސްކޮށް މަޖިލީހުގެ ތަޅުމުގައި މިއަދު ހަވީރު ފަހެއް ޖަހާއިރު ޖަލްސާއެއް ބާއްވަން މިހާރު ވަނީ ތާވަލުކޮށްފަ އެވެ.
މަޖިލީހުގެ ސުޕަމެޖޯރިޓީ ވެރިކަން ކުރާ ޕީޕީއެމަށް އޮތުމުން އެ އިސްލާހުތައް ފާސްވާނެ ކަަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ.
ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭގޮަތަށް ގާނޫނު އަސާސީގައި ހިމަނަން ނިންމީ މިހާރު އެންޓި ޑިފެކްޝަން ގާނޫނުގައި ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް އޮންނަ މާއްދާ ގާނޫނު އަސާސީއާ ހިލާފުކަމަށް ބުނެ ސުވާލު އުފައްދާތީ ގާނޫނު އަސާސީވެސް އެންޓި ޑިފެކްޝަން ގާނޫނާ އެއްގޮތް ކުރުމުގެ ގޮތުން ނެވެ.
ގޮނޑި ގެއްލޭ ގޮތަށް މިހާާރު އޮންނަ އެންޓި ޑިފެކްޝަން ގާނޫނު ވުދޫޖަށް އައީ ނިމިގެން ދިޔަ މަޖިލީހުގައި އެމްޑީޕީގެ މެޖޯރިޓީ އޮވެ ފާސްކުރި އިސްލާހުތަކާއެކު މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ބިލު ތަސްދީގުކުރެއްވުމުން ނެވެ.

ކިޔުންތެރިންގެ ހިޔާލު