ބަޖެޓު ކޮމެޓީގެ މިއަދުގެ ބައްދަލުވުމުގެ ތެރެއިން —
ބަޖެޓު ކޮމެޓީގެ މިއަދުގެ ބައްދަލުވުމުގެ ތެރެއިން —
2025 ވަނަ އަހަރަށް ސަރުކާރުން ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓަށް ބޮޑެތި އިސްލާހުތަކެއް ނުގެނެސް ކޮމެޓީން މިއަދު ފާސްކޮށްފިއެވެ.

މިއަދު އޮތް ބަޖެޓު ކޮމެޓީގައި ވަނީ ބަޖެޓުގެ ދިރާސާގެ މަސައްކަތްތައް ނިމިފައިވާކަމަށް ނިންމައި ބަޖެޓު ފާސްކުރަން ވޯޓަށް އަހާފައެވެ. އެ ވޯޓުގައި 19 މެންބަރުން ބައިވެރިވެފައިވާއިރު ފާސްވެފައިވަނީ 15 މެންބަރުންގެ ވޯޓުންނެވެ.

ސަރުކާރުން ހުށަހެޅިގޮތަށް 56.6 ބިލިއަން ރުފިޔާގެ ބަޖެޓު ފާސްކުރިއިރު ކޮމެޓީން ވަނީ 2025 ވަނަ އަހަރު ހިންގަން ނިންމާފައިވާ މަޝްރޫއުތަކުގެ ތަފުސީލު މަޖިލީހަށް ހިއްސާކުރަން ޖެހޭގޮތަށް ޝަރުތުކޮށްފައެވެ.

އޭގެ އިތުރުން އަމަލީ މަސައްކަތް ފަށާނެ މަޝްރޫއުތަކުގެ މައުލޫމާތާއި މިހާތަނަށް ހިންގަން ސޮއިކޮށްފައިވާ މަޝްރޫއުތަކުގެ ތެރެއިން ކުރިއަށް ނުގެންދެވޭނެ މަޝްރޫއުތަކުގެ މައުލޫމާތު އަދި ކުރިއަށްއޮތް އަހަރު ނިންމޭނެ މަޝްރޫއުތަކުގެ މައުލޫމާތު ވަކި މުއްދަތުތަކެއްގައި މަޖިލީހަށް ފޮނުވައިދޭންވާނެކަމަށް ކޮމެޓީން ދިން ރިކަމަންޑޭޝަންތަކުގެ ތެރޭގައި ހިމެނެއެވެ.

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ރައްޔިތުންގެ މަޖިލީހަށް ބަޖެޓު ހުށަހެޅުއްވީ މިދިޔަ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހެވެ. އަދި ބަޖެޓުގެ ބަހުސް މަޖިލީހުގައި ފެށީ މިދިޔަ އަންގާރަ ދުވަހެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން