މެންބަރު މޫސާ ސިރާޖު—
މެންބަރު މޫސާ ސިރާޖު—
ޤާނޫނު އަސާސީ ފަރުމާކޮށްފައި އޮތީ އެ ބަދަލުކުރަން ބޭނުންވާ އަދަދަށް ވޯޓު ހަމަވީމަ ބަދަލު ކުރެވޭގޮތަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ވިދާޅުވެއްޖެއެވެ.

ސިޔާސީ ޕާޓީތަކުގެ ޓިކެޓްގައި މަޖިލީހަށް ހޮވޭ މެންބަރުން ޕާޓީ ބަދަލުކުރުން މަނާ ކުރުމަށް ގާނޫނުއަސާސީއަށް އިސްލާހު ގެންނަން މިއަދު މަޖިލީހުން ފާސްކުރުމާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން ދަނީ އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. ޚާއްޞަކޮށް އެންމެ ދުވަހެއްތެރޭ އެފަދަ ބޮޑު އިސްލާހެއް ގެނައުމަށް ނިންމުން ބަލައި ނުގަންނަކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.

އިދިކޮޅުން ދައްކާ ވާހަކަތަކަށް ރައްދުދެއްވަމުން މޫސާ ސިރާޖު މިއަދު އެކްސްގައި ވިދާޅުވީ، ގާނޫނުއަސާސީ ފަރުމާކޮށްފައި އޮތީ ބޭނުންވީމާ ގާނޫނުއަސާސީ އިސްލާހު ކުރެވޭގޮތަށް ކަމަށާއި ޝަރުތަކަށް އޮންނަނީ އިސްލާހުކުރަން ބޭނުންވާ ވަރަށް ވޯޓު ހަމަވުންކަމަށެވެ.

‏އަދި ރައްޔިތުންގެ މަޖުލީހުން އެ އަދަދަށް ވޯޓު ހަމަވީމާ އޭގެ މާނައަކީ އެއީ އެވަގުތު ރައްޔިތުން އެކަން ކުރަން ބޭނުންވާގޮތް ކަމުގައި ކަމަށް ވެސް މޫސާ ސިރާޖު ވަނީ ވިދާޅުވެފައެވެ.

‏އަދި ވަކިބަޔަކު މަޖިލީހުގައި ތިބެ ނިންމާ ނިންމުން އެއީ ރައްޔިތުން އެދޭގޮތްކަމުގައިދެކިފައި، އެހެންބަޔަކު މަޖިލީހުގައި ތިބެ ނިންމާ ނިންމުމަކީ ރައްޔިތުން އެދޭގޮތް ނޫން ކަމުގައި ދެކުމީ ގޯހެއްކަމަށް ވެސް ސިރާޖު ވަނީ ވިދާޅުވެފައެވެ.

‏އޭނާ ވިދާޅުވީ، ރައްޔިތުން އެދޭގޮތް ނޫން ގޮތަކަށް ގާނޫނުއަސާސީ ބަދަލުނުކުރެވޭނެކަން ކަށަވަރު ކުރުމަށްޓަކައި ގާނޫނުއަސާސީއަށް އިސްލާހެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރުބައިކުޅަ ތިންބައިގެ އަގުލަބިއްޔަތުން ފާސްކުރާ ގާނޫނަކުންކަމުގައި ގާނޫނުއަސާސީގެ 261 ވަނަ މާއްދާގައި ބަޔާންކޮށްފައި އޮންނަކަމަށެވެ.

ރައްޔިތުންގެ މަޖިލީހުން ގާނޫނުއަސާސީ އިސްލާހުކުރަން މިއަދު ނިންމުމާއި ގުޅިގެން ރައީސް މިރޭ ވަނީ ގާނޫނުއަސާސީއަށް އެ އިސްލާހު ގެންނަވާ އެކަން ތަސްދީގުކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން