މާލެ އާއި ވިލިމާލޭގެ މަގުތައް ތަރައްޤީ ކުރުމަށް ބޭނުންވާ ފީސިބިލިޓި ސްޓަޑީގެ މަސައްކަތް ނިންމާލާފައިވާ ކަމަށް ޢިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
ޢިމާރާތް ކުރުމާބެހޭ ވުޒާރާއިން ބުނީ ޗައިނާ ސަރުކާރުން އެ މަސައްކަތަށް ކަނޑައެޅި ޗައިނާގެ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ (ސިޑްކާ)ގެ އެކްސްޕާޓް ޓީމާއި ގުޅިގެން މާލެ އާއި ވިލިމާލޭގެ މަގުތައް ތަރައްގީ ކުރުމަށް ބޭނުންވާ ދިރާސާ ކުރަން ފަށާފައިވަނީ މި މަހުގެ 5 ވަނަ ދުވަހު ކަމަށެވެ.
އަދި މާލެ އާއި ވިލިމާލޭގެ މަގުތަކުގެ ހާލަތު ދެނެގަތުމުގެ މަސައްކަތް މިނިސްޓްރީގެ ޓެކްނިކަލް ޓީމާއި ޗައިނާގެ އެކްސްޕާޓުން ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު ނިންމާލާފައިވާ ކަމަށްވެސް އެ ވުޒާރާއިން ހާމަކޮށްފައިވެއެވެ.
ޢިމާރާތް ކުރުމާބެހޭ ވުޒާރާއިން ބުނީ މާލެއާއި ވިލިމާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ޗައިނާއާއި ގުޅިގެން ސަރުކާރުން ހިންގަމުންދާ މަޝްރޫއުގައި ދެން ކުރިއަށްދާނީ ޑިޒައިން މަރުހަލާގެ މަސައްކަތް ކަމަށެވެ.
ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، ރައީސް ޑރ. މުއިއްޒު މި އަހަރުގެ ކުރީކޮޅު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި މަޝްރޫއުތައް ހިންގުމަށް ޗައިނާއިން ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި 130 މިލިއަން ޑޮލަރު ވަނީ ހަމަޖައްސައިފަ އެވެ. މާލެއާއި ވިލިމާލޭގެ މަގުތައް ތަރައްގީ ކުރުމުގެ މަޝްރޫއު ހިންގަން ކަނޑައަޅާފައިވަނީ އެ ފައިސާއިންނެވެ.
މާލެއާއި ވިލިމާލޭގެ މަގުތައް ޗައިނާއިން ހިލޭ ހަދައިދޭން ނިންމާފަވައިވާއިރު އެ މަޝްރޫއު ނިމުމުން މާލެއަށް ކުރިމަތިވެފައިވާ ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް އަންނާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

In line with the key pledge made by H.E. President Dr. Mohamed Muizzu to reconstruct the roads of Malé City and Villimalé, the implementation of this project has begun.
— Ministry of Construction and Infrastructure (@MoCImv) November 21, 2024
Following a series of meetings with key stakeholders, the Expert Team appointed by the Government of China… pic.twitter.com/zfQQSErNEb
ޢިމާރާތް ކުރުމާބެހޭ ވުޒާރާއިން ބުނީ މާލެއާއި ވިލިމާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ޗައިނާއާއި ގުޅިގެން ސަރުކާރުން ހިންގަމުންދާ މަޝްރޫއުގައި ދެން ކުރިއަށްދާނީ ޑިޒައިން މަރުހަލާގެ މަސައްކަތް ކަމަށެވެ.
ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، ރައީސް ޑރ. މުއިއްޒު މި އަހަރުގެ ކުރީކޮޅު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި މަޝްރޫއުތައް ހިންގުމަށް ޗައިނާއިން ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި 130 މިލިއަން ޑޮލަރު ވަނީ ހަމަޖައްސައިފަ އެވެ. މާލެއާއި ވިލިމާލޭގެ މަގުތައް ތަރައްގީ ކުރުމުގެ މަޝްރޫއު ހިންގަން ކަނޑައަޅާފައިވަނީ އެ ފައިސާއިންނެވެ.
މާލެއާއި ވިލިމާލޭގެ މަގުތައް ޗައިނާއިން ހިލޭ ހަދައިދޭން ނިންމާފަވައިވާއިރު އެ މަޝްރޫއު ނިމުމުން މާލެއަށް ކުރިމަތިވެފައިވާ ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް އަންނާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ހިޔާލު