މަސްވެރިންގެ ކަންބޮޑުވުންތައް އަޑުއެހުމަށް އެމްޑީޕީގެ ލީޑަރޝިޕުން މަސްމާރުކޭޓު ސަރަޙައްދަށް ޒިޔާރަތްކޮށް މަސްވެރިންނާ ބައްދަލު ކޮށްފިއެވެ.
އެމްޑީޕީން މިއަދު ބުނީ އެޕާޓީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލާއި ޕާޓީގެ އިސް ބޭފުޅުންގެ ޓީމެއް މާރުކޭޓް ސަރަހައްދުގައި މަސްވެރިންނާ ބައްދަލުކޮށް ހިޔާލު ބަދަލު ކޮށްފައިވާ ކަމަށެވެ.
“މަސްވެރިންނަށް ވެފައިވާ ވައުދުތައް މި ސަރުކާރުން ނުފުއްދާތީ ގިނަ ކަންބޮޑުވުންތަކެއް މަސްވެރިން ވަނީ ފާޅުކޮށްފައި.” އެމްޑީޕީން ބުނެފައިވެއެވެ.
އެމްޑީޕީގެ ލީޑަރޝިޕުން މަސްވެރިންނާ ބައްދަލު ކޮށްފައިވާއިރު މިސަރުކާރުން މަސްވެރިންނަށް ވީ ވަޢުދުތަކަކީ ވޯޓު ހޯދުމުގެ ބޭނުމުގައި ވީ ވަޢުދުތަކެއް ކަމަށް ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ވަނީ ބުނެފައެވެ.
ރިޔާސީ އިންތިޚާބުގެ ތެރޭގައި ރައީސް މުޢިއްޒު ވަނީ މަސްވެރިން މިފްކޯއަށް ކިރާ މަހަށް އެންމެ ދަށްވެގެން ކިލޯއަކަށް 20 ރުފިޔާ ދެއްވާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް މިސަރުކާރުން ވަނީ މަހުގެ އަގު 16 ރުފިޔާއަށް ތިރިކޮށްފައެވެ.
އޭގެ އިތުރުން މަސްވެރިން ކިރާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދިނުމަށް ރައީސް މުޢިއްޒު ވަޢުދުވީ ނަމަވެސް އެ ވަޢުދުވެސް ފުއްދަވާފައި ނުވާކަމަށް މަސްވެރިން ދަނީ ބުނަމުންނެވެ.
މިދިޔަ ހަފްތާގައި މިފްކޯއިން ބުނެފައިވަނީ މަސްވެރިންނަށް ނުދެވި ހުރި 32 މިލިއަން ރުފިޔާ މިހަފްތާ ތެރޭގައި ދެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މަސްވެރިންގެ ކަންބޮޑުވުންތައް އަޑުއެހުމަށް ޗެއަރޕާސަން @faya_i އާއި ޕާޓީގެ އިސް ބޭފުޅުންގެ ޓީމެއް މާރުކޭޓް ސަރަހައްދުގައި މަސްވެރިންނާ ބައްދަލުކޮށް ހިޔާލު ބަދަލުކުރަނީ. މަސްވެރިންނަށް ވެފައިވާ ވައުދުތައް މި ސަރުކާރުން ނުފުއްދާތީ ގިނަ ކަންބޮޑުވުންތަކެއް މަސްވެރިން ވަނީ… pic.twitter.com/D9g6qfpVP1
— MDP Secretariat (@MDPSecretariat) November 23, 2024
އެމްޑީޕީގެ ލީޑަރޝިޕުން މަސްވެރިންނާ ބައްދަލު ކޮށްފައިވާއިރު މިސަރުކާރުން މަސްވެރިންނަށް ވީ ވަޢުދުތަކަކީ ވޯޓު ހޯދުމުގެ ބޭނުމުގައި ވީ ވަޢުދުތަކެއް ކަމަށް ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ވަނީ ބުނެފައެވެ.
ރިޔާސީ އިންތިޚާބުގެ ތެރޭގައި ރައީސް މުޢިއްޒު ވަނީ މަސްވެރިން މިފްކޯއަށް ކިރާ މަހަށް އެންމެ ދަށްވެގެން ކިލޯއަކަށް 20 ރުފިޔާ ދެއްވާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް މިސަރުކާރުން ވަނީ މަހުގެ އަގު 16 ރުފިޔާއަށް ތިރިކޮށްފައެވެ.
އޭގެ އިތުރުން މަސްވެރިން ކިރާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދިނުމަށް ރައީސް މުޢިއްޒު ވަޢުދުވީ ނަމަވެސް އެ ވަޢުދުވެސް ފުއްދަވާފައި ނުވާކަމަށް މަސްވެރިން ދަނީ ބުނަމުންނެވެ.
މިދިޔަ ހަފްތާގައި މިފްކޯއިން ބުނެފައިވަނީ މަސްވެރިންނަށް ނުދެވި ހުރި 32 މިލިއަން ރުފިޔާ މިހަފްތާ ތެރޭގައި ދެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު